ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ ފަރާތުން އެ ރަށުގެ އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން ކޭކު އަޅަން ދަސްކޮށްދޭ ކޯހެއް ހިންގުމަށް ނިންމައި، އެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ކޯހަކީ "ބިގިނަރ ބޭސިކް ޓު އެޑްވާންސް" ފެންވަރަށް ކޭކު އެޅުމުގެ ހުނަރުތައް ދަސްކޮށްދޭ ކޯހެކެވެ.

Ad
d

މި ކޯހުގައި ބައިވެރިވާ ކޮންމެ ބައިވެރިއެއްގެ އަތުން ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 1,000 ރުފިޔާއެވެ.

މި ކޯސް ކުރިއަށް ގެންދެވޭނީ މަދުވެގެން 10 ބައިވެރިން ހަމަވާނަމަ ކަމަށާއި، ކޯހުގައި އެންމެ ގިނަވެގެން ބައިވެރިވެވޭނީ 20 ބައިވެރިންނަށް ކަމަށް އެ ކޮމިޓީން މަޢުލޫމާތުދެއެވެ.

މިގޮތުން ކޯހަށް ބައިވެރިން ހޮވުމުގައި އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ރަޖިސްޓްރީވާ 20 ފަރާތަށެވެ.

ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، އެ ކޮމިޓީން ދޫކޮށްފައިވާ ފޯމު ފުރިހަމަކުރުމަށްފަހު 22 ޖޫން 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ހުށަހަޅަންޖެހެއެވެ.

މިއީ ރަށުގެ އަންހެން ކަނބަލުންގެ ހުނަރު ތަރައްޤީކޮށް، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

Ad
df

މި ކޯހާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 އާ ދެމެދު 6520722 ނަންބަރު ފޯނާ ގުޅުއްވުމަށް ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެދެއެވެ.