މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހދ. ކުޅުދުއްފުށި

290 Stories filed
ކުޅުދުއްފުށީގައި ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކުޅުދުއްފުށީގައި ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށީ ސިޓީގައި ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފިއެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރީ ބިޑް މީޓިންގ (މައުލޫމާތު ސެޝަން)ގައި ބައިވެރިވާން ހާޒިރުވާން ޖެހެނީ 14‏ ނޮވެމްބަރ‏ 2023 ދުވަހުގެ 11:00 އަށް ކުޅުދުއްފުށީ ސިޓީ ކައުންސިލަށެވެ. އަދި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި 20‏ ނޮވެމްބަރ‏ 2023‏ގެ 11:00ގެ ކުރިން ރަޖިސްޓަރީވާން ޖެހެއެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ކުޅުދުއްފުށީ...

ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ކުޅުދުއްފުށީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް 2023” ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ޒިގްޒެގްގެ ފަރާތުން މި މުބާރާތް ބާއްވާ ނުވަވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. މި […]

ކުޅުދުއްފުށީ ހިރަފުސް ދަނޑުގައި ފެންސްޖަހައި ދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

ކުޅުދުއްފުށީ ހިރަފުސް ދަނޑުގައި ފެންސްޖަހައި ދޭނެ ބަޔަކު ހޯދަނީ

ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ދަނޑުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި މި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. މި އަންދާސީ ހިސާބާއި ގުޅިގެން އެސްވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންފުޅުވާނަމަ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ކުރިން މެއިއިލް ކުރެއ...

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޒިގްޒެގަށް
Thiladhunmathi News

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޒިގްޒެގަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން ޖާގަ ހޯދައިފިއެވެ. ޒިގްޒެގުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ މިއަދު ހަވީރު ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ނޮޅިވަރަމް ހުވާސް ބަލިކޮށްގެންނެވެ. ޒިގެޒެގް މި މެޗު ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއިންނެވެ. މިއަދު މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއް ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. މެޗުގައި […]

ކުޅުދުއްފުށީގެ ތިން މިސްކިތެއްގައި ސޯލާ ޕީ.ވީ ހަރުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީގެ ތިން މިސްކިތެއްގައި ސޯލާ ޕީ.ވީ ހަރުކޮށްފި

ކުޅުދުއްފުށީގެ ތިން މިސްކިތެއްގައި ސޯލާ ޕީ.ވީ ހަރުކުރުމުގެ މަސައްކަތް ނިންމާލެވިފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި އެ ކައުންސިލްގެ ”ފިނިފެހި ސިޓީ” ޕްރޮޖެކްޓްގެ ދަށން، އެ ސިޓީގެ މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން ތިން މިސްކިތެއްގައި ސޯލާ ޕީ.ވީ ހަރުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމާލެވިފައެވެ. އެ މިސްކިތްތަކަކީ، މަސްޖިދުލް ފިރުދައުސް، މަސްޖިދުލް ހަސަނާތު އަދި މަސްޖިދުލް ޖަމ...

ބޮޑު ފައިސާގެ އިނާމެއްދޭ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ދެވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ބޮޑު ފައިސާގެ އިނާމެއްދޭ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ދެވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް ނުވަތަ ޔޫތު މިނިސްޓްރީގެ ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ކުޅުދުއްފުށީގެ ކުލަބު ޖަމިއްޔާތަކަށެވެ. މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ އެންމެ ފުރަތ...

ފުށް ފެކްޓްރީ ''ކަޓްވާލަން'' ބަޔަކު ކުރި މަސައްކަތް ނާކާމިޔާބު ކޮށްލެވިއްޖެ، އެތަން އަޅާނީ ކުޅުދުއްފުށީގައި: އާތިފް
Raajje

ފުށް ފެކްޓްރީ ''ކަޓްވާލަން'' ބަޔަކު ކުރި މަސައްކަތް ނާކާމިޔާބު ކޮށްލެވިއްޖެ، އެތަން އަޅާނީ ކުޅުދުއްފުށީގައި: އާތިފް

މި ސަރުކާރުން ކުޅުދުއްފުށީ ސިޓީގައި އަޅަން ނިންމާފައިވާ ފުށް ފެކްޓްރީ ”ކަޓްވާލަން” ބަޔަކު ކުރި މަސައްކަތް ނާކާމިޔާބު ކޮށްލެވިއްޖެކަމަށާއި، އެތަން އަޅާނީ ކުޅުދުއްފުށީގައި ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ނައިބު ވަޒީރު، އަދި ހދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ. އެސްޓީއޯ މެދުވެރިކޮށް ކުޅުދުއްފުށީގައި ގޮދަން ފުށް ފެކްޓަރީ އެއް އަޅަން ނިންމައި އެކަން ސަރުކާރުން ޢިއުލާންކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. އެތަން އަޅަން ސިޓީ ކައުންސިލުން ވަނީ ހަމައެއަހަރު ބ...

ކުޅުދުއްފުށީ 5 ކަނބަލަކަށް ކަމަނަ އެވޯޑް
Thiladhunmathi News

ކުޅުދުއްފުށީ 5 ކަނބަލަކަށް ކަމަނަ އެވޯޑް

އެކިއެކި ދާއިރާތަކުން އަންހެނުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން، އަންހެނުންގެ ދުވަހާއި ގުޅުވައިގެން ދޭންފެށި “ކަމަނަ އެވޯޑް” އެ ރަށު 5 ކަނބަލަކަށް އަރުވައިފިއެވެ. މި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުންކުރާ މަސައްކަތްތަކާއި ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރު އެ ރަށު ފެންވަރުގައި ވަޒަންކުރުމުގެ ގޮތުންނާއި މުޖުތަމަޢުގައި އަނ...

ކުޅުދުއްފުށީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ކުޅުދުއްފުށީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ” ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1444” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ކުޅުދުއްފުށީ ސްކޫލްތަކަށާއި ޤުރުއާން ކުލާސްތަކަށާއި އަދި އެ ސިޓީގައި ހުންނަ ޔުނިވާސިޓީތަކަށް ހުޅުވާލާފައިވާއިރު، އެ ތަންތަނުން ބައިވެރިވާ ފަރާތްތަކުގެ ފޯމް ހުށަހަޅަން ޖެހެނީ އެ އިދާރާތަށް މެދުވެރިކޮށެވެ. މީގެއިތުރުން މި މުބާރާތުގައި އަމިއްލަ ގޮތުން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނ...

ކުޅުދުއްފުށީގައި ބޮޑެތިމީހުންގެ ތަޢުލީމު ކުރިއެރުވުމަށް ކޯހެއް
Raajje

ކުޅުދުއްފުށީގައި ބޮޑެތިމީހުންގެ ތަޢުލީމު ކުރިއެރުވުމަށް ކޯހެއް

ބޮޑެތިމީހުންގެ ތަޢުލީމު ކުރިއެރުވުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީގައި ހިންގަން ނިންމާފައިވާ ފުރަތަމަ ކޯސް، ނޭޝަނަލް ސެޓްފިކެޓް 3 އިން ކޮންސްޓްރަކްޝަން ސައިޓް ސްޕަވިޝަން ކޯހުގެ އޮރިއެންޓޭޝަން ރޭ ބާއްވައިފިއެވެ. މި ކޯހަކީ، ކުޅުދުއްފުށި ސިޓީ ކައުންސިލާއި، އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝިއަރީ އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. ސިޓީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި، މި ކޯހުގައި 38 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މި ކޯހަކީ މީރީ ޕްރޮޖެކްޓުގެ ދަށުން ސްޕޮންސަރ ކޮށްގެން ހިންގޭ ކޯހެއް ކަމ...

"ޅެންވެރިޔާ 2023" މުބާރާތުގެ 1 ވަނަ ކުޅުދުއްފުށީ އާދަމް އިބްރާހިމް އަށް
Thiladhunmathi News

"ޅެންވެރިޔާ 2023" މުބާރާތުގެ 1 ވަނަ ކުޅުދުއްފުށީ އާދަމް އިބްރާހިމް އަށް

“ޅެންވެރިޔާ 2023″ މުބާރާތުގެ ގެ އެއްވަނަ ހޯދައި، މި އަހަރު ލިޔުންތެރިންގެ ގުޅުމުގެ ”ޅެންވެރިޔާ 2023” ގެ ޝަރަފު، ކުޅުދުއްފުށި ސިޓީ، ދުރުމީ / އާދަމް އިބްރާހިމް ހޯދައިފި އެވެ. އޭނާ ވަނީ މި މުބާރާތުން 2 ވަނަ އަދި 7 ވަނަ ވެސް ހޯދާފައެވެ. މިއީ ރާއްޖޭގެ ލިޔުންތެރިންގެ ޖަމިއްޔާ ލިޔުންތެރިންގެ ގުޅުމުން މި އަހަރުގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މުބާރާތެކެވެ. މި މުބާރާތުގެ ތިންވަނަ އާއި ފަސްވަނަ ހޯއްދެވީ ޢަބްދުﷲ ޝާކިރު (ހަތިފުށީޝާކިރު) […]

ކުޅުދުއްފުށީ ސިޓީގައި ސްކޭޓިން ޕާކެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކުޅުދުއްފުށީ ސިޓީގައި ސްކޭޓިން ޕާކެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުޅުދުއްފުށީ ސިޓީގައި ސްކޭޓިންގ ޕާކެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި އަދި ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބާއިއެކު އެ ފަރާތްތަކުގެ ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަކީ ޖީއެސްޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަ...

ކުޅުދުއްފުށީ އާ ބަނދަރަށް ''ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނު'' ނަމުން ނަންދީފި
Thiladhunmathi News

ކުޅުދުއްފުށީ އާ ބަނދަރަށް ''ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނު'' ނަމުން ނަންދީފި

ދިވެހި ސަރުކާރުން ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީގައި އަލަށް ތަރައްޤީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ ބަނދަރަށް އުތުރު ގަޑުބަޑުގެ ލީޑަރު ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނުގެ ނަމުން ނަން ދީފިއެވެ. އެ ބަނދަރަށް “ބޮޑު މުހައްމަދު ކަލޭފާނު ބަނދަރު” ގެ ނަމުން ނަން ދިނުމަށް ފާސްކޮށްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 84 ވަނަ ޖަލްސާގައެވެ. އެ ޖަލްސާގައި މި ނަން ހުށަހަޅުއްވާފައި ވަނީ އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފްއެވެ. މި ނަމުގެ އިތުރުން […]

މޫސުމަށް ސަމާލުވުމަށް އެދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިލްތިމާސެއް
Thiladhunmathi News

މޫސުމަށް ސަމާލުވުމަށް އެދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިލްތިމާސެއް

މޫސުން ގޯސްވެދާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. އެ ކައުންސިލުން މިފަދައިން އެދިފައި މިވަނީ ކޮޅިގަނޑެއްގެ އަސަރުކޮށް، މިރެއާއި މާދަމާ އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުގެ ނުސީދާ އަސަރު އެ ސިޓީއަށް ވ...

ތިލަދުންމަތީ ހުނަރުވެރިން: ކުޅުދުއްފުށި މުސްތޮގެ ކުލަފިހިން ދެނީ ވަރުގަދަ މެސެޖުތަކެއް
Column

ތިލަދުންމަތީ ހުނަރުވެރިން: ކުޅުދުއްފުށި މުސްތޮގެ ކުލަފިހިން ދެނީ ވަރުގަދަ މެސެޖުތަކެއް

ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. އެކި މީހުންގެ ގައިގައި ހުންނާނީ އެކި ހުނަރެވެ. އެ މީހަކަށް ޤުދުރަތީގޮތުން ލިބިފައި ހުންނަ ހުނަރެއް ނުވަތަ ޝަޢުޤުވެރިވާ ދާއިރާއެއް ގިނަފަހަރަށް ފާހަގަވާން ފަށަނީ ތަޢުލީމް ހާސިލް ކުރަމުން އަންނަ ދުވަސްވަރު ސްކޫލުގެ މާހައުލުންނެވެ. ކުރެހުމުގެ ދާއިރާއިން ކުރިއަށް ދިޔުމުގެ މާބޮޑު ވިސްނުމެއް ނެތް ނަމަވެސް ސްކޫލުގައި ބާއްވާ އިވެންޓްތަކަށް ޑެކަރޭޓް ކުރުމާއި، ސްކޫލުގައި ބާއްވާ ކުރެހުން މުބާރާތްތަކުގައި ހދ. ކުޅުދުއްފުށީ، ލައިޓްހައުސް/ މުސްތަފާ މުޙައްމަދު ބައިވެރިވަމުން...