ކުޅުދުއްފުށީ ސިޓީގައި ސްކޭޓިން ޕާކެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށި ސިޓީ، ފޮޓޯ: އިފޫ ފޮޓޯގްރަފީ/ކުޅުދުއްފުށި
ކުޅުދުއްފުށި ސިޓީ، ފޮޓޯ: އިފޫ ފޮޓޯގްރަފީ/ކުޅުދުއްފުށި

ހދ. ކުޅުދުއްފުށީ ސިޓީގައި ސްކޭޓިންގ ޕާކެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ.

މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި އަދި ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބާއިއެކު އެ ފަރާތްތަކުގެ ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ.

މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަކީ ޖީއެސްޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަކަށް ވާންޖެހޭއިރު، މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10000 (ދިހަހާސް) ރުފިޔާ އެއް މަސްދުވަހުގެ މުއްދަތަށް ހުށަހަޅަން ޖެހެއެވެ.

ކޮންމެ ފަރާތަކަށް ވެސް ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ އެއް އަންދާސީ ހިސާބެވެ.

މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގޭ 3 ވަނަ ފަންގިފިލާ) ގައެވެ.

މަޢުލޫމާތު ޝީޓް: https://storage.googleapis.com/gazette.gov.mv/docs/iulaan/111675.pdf

ކުރެހުން: https://storage.googleapis.com/gazette.gov.mv/docs/iulaan/111676.pdf

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި