ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ތިލައުތުރު ފުޓްސަލް މުބާރާތް 2025" މިރޭގެ މެޗުގައި އިހަވަންދޫ އާއި ވަށަފަރު މެޗު އެއްވަރުވެ، ބާރަށާއި ދިއްދޫ މެޗުން ދިއްދޫ މޮޅުވެއްޖެއެވެ.
ހއ. އުތީމުގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ 11 ވަނަ މެޗު މިރޭ ވާދަކޮށްފައިވަނީ އިހަވަންދޫ އާއި ވަށަފަރު ޓީމެވެ. މިރޭ މި ދެ ޓީމު ބައްދަލުކުރި މެޗުގައި ދެ ޓީމު އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މިގޮތުން މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑެއް ޖެހިފައެއް ނުވެއެވެ. އެހެންނަމަވެސް މެޗުގެ ދެވަނަ ހާފުގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައި ވަނީ ވަށަފަރުންނެވެ.
އިހަވަންދޫ އާއި ވަށަފަރު ބައްދަލުކުރި މެޗުގެ 'މޭން އޮފް ދަ މެޗް' އަށް ހޮވިފައިވަނީ ވަށަފަރު ޓީމުގެ ކުޅުންތެރިޔާ އިބްރާހީމް ޝަނޫން އެވެ.
މި މުބާރާތުގެ 12 ވަނަ މެޗު، މިރޭ އިހަވަންދޫ އާއި ވަށަފަރު ވާދަކުރި މެޗަށް ފަހު ކުޅިފައިވާއިރު، މި މެޗުގައި ބައްދަލުކުރީ ދިއްދޫ އާއި ބާރަށު ޓީމެވެ. މި މެޗުގައި 3-0 ގެ ނަތީޖާ އަކުން ދިއްދޫ ޓީމުން ބާރަށް ބަލިކޮށްފައިވާއިރު، މި މެޗުގެ ފުރަތަމަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށްފައިވަނީ ދިއްދޫ ޓީމުގެ ކުޅުންތެރިތާ ފާއިޤު އަޙުމަދު އެވެ.
ދިއްދޫ އާއި ބާރަށް ބައްދަލުކުރި މެޗުގެ 'މޭން އޮފް ދަ މެޗް' އަށް ހޮވިފައިވަނީ ދިއްދޫ ޓީމުގެ ކުޅުންތެރިޔާ އަޙުމަދު ޝާފިއު އެވެ.
މި މުބާރާތުގައި މިއަދު ހަވީރު ހޯރަފުއްޓާއި ފިއްލަދޫ ބައްދަލުކޮށްފައިވާއިރު، އެ މެޗުން ފިއްލަދޫ ވަނީ ކުރިހޯދާފައެވެ. އަދި ފަހުން ކެލާ އަދި މުރައިދޫ ވާދަކުރި މެޗުން މުރައިދޫ ވަނީ އެ މެޗު ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!