ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ތިލައުތުރު ފުޓްސަލް މުބާރާތް 2025"ގެ ސެމީ ފައިނަލްގެ ފަހު ޖާގަ މުބާރާތް ބާއްވާ ރަށް، އުތީމުން ކަށަވަރުކޮށްފިއެވެ.
އުތީމު ސެމީ އަށް ދަތުރުކުރީ ހޮނހިރު ދުވަހު ރޭ 20:30 ގައި އުތީމު ރަސްމީ ބޯޅަދަނޑުގައި ފިއްލަދޫގެ މައްޗަށް 3-2 ލަނޑުން ކުރި ހޯދައިގެންނެވެ.
އެއްވެސް މެޗަކުން ބަލިނުވެ އުތީމު ސެމީގެ ޖާގައެއް ކަށަވަރުކުރި މެޗުގައި ދެ ޓީމަށް ވެސް ސެމީގެ ޖާގައެއް ކަށަވަރުވާން އޮތީ މެޗުން މޮޅުވެގެންނެވެ. އެއްވަރުވެއްޖެނަމަ ސެމީ އަށް ދާން އޮތީ ވަށަފަރެވެ. މި މެޗުން އުތީމު މޮޅުވުމާއެކު މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވި ނަމަވެސް ވަށަފަރަށް ވަނީ މުބާރާތް ނިމިފައެވެ.
އުތީމާއި ފިއްލަދޫގެ މެޗު ފެނުނީ ވަރަށް ވާދަވެރި ވަރަށް ފޯރިގަދަ މެޗެއްގެ ގޮތުގައެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ކުރި ހޯދީ އުތީމުންނެވެ، އެއީ މުހައްމަދު ރިޝްމީ ޖަހައިދިން ލަނޑެކެވެ.
އުތީމު އެއް ލަނޑުގެ ލީޑެއްގައި އޮއްވައި ފިއްލަދޫގެ އަލީ އަފްރާހްގެ ލަނޑުން ފިއްލަދޫ އިން ނަތީޖާ ހަމަހަމަކުރިއެވެ. އަދި އެޓީމުގެ އާދަމް އަބުދުއްރަޙީމް ޖަހައިދިން ލަނޑުން މެޗުގެ ލީޑު ވެސް ނެގިއެވެ. ނަމަވެސް ފިއްލަދޫ އިން ލީޑް ނެގިތާ މިނިޓެއް ވެސް ނުވަނީސް އުތީމުގެ މުހައްމަދު މަޒީން ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
އުތީމަށް ސެމީ ކަށަވަރުވި ލަނޑު، މެޗުގެ ތިން ވަނަ ލަނޑު ޖަހައިދިނީ މި މެޗަށް އެޓީމާ ގުޅުނު ގައުމީ ޓީމާއި މާޒިޔާގައި ފުޓްބޯޅާގައި ފާހަގަކުރެވޭ އަހްމަދު އައިހަމް އެވެ. އެއީ އުތީމަށް ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ.
މި މުބާރާތުގެ ސެމީގައި އުތީމާއި ވާދަކުރަނީ ގްރޫޕް އޭގެ ދެވަނަ ޓީމު އުތީމާއި ގްރޫޕް ބީގެ އެއްވަނަ ޓީމު ދިއްދޫ އެވެ. މި މުބާރާތުގެ ސެމީގައި ގްރޫޕް އޭގެ އެއްވަނަ ޓީމު، ފަހުގެ ޗެމްޕިއަން އިހަވަންދޫ އާއި ވާދަކުރާނީ މުރައިދޫ އެވެ.
10 އޮކްޓޯބަރުވާ ހޯމަ ދުވަހު ކުޅޭ މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ 16:30 އާއި 20:30 ގައެވެ. ފުރަތަމަ ސެމީގައި ކުޅޭނީ އިހަވަންދޫ އާއި މުރައިދޫއެވެ. ދެވަނަ މެޗުގައި އުތީމާއި ދިއްދޫއެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނޭ ޓީމު ތަކަކީ އިހަވަންދޫ، އުތީމު، ވަށަފަރު، ފިއްލަދޫ އަދި ހޯރަފުއްޓެވެ. ގްރޫޕް ގައި ހިމެނެނީ ދިއްދޫ، މުރައިދޫ، ބާރަށް އަދި ކެލައެވެ.
މި މުބާރާތުގައި ހއ.އަތޮޅުން މި އަހަރު ބައިވެރި ނުވަނީ މޮޅަދޫ، ތުރާކުނު، އުލިގަމު، ތަކަންދޫ އަދި މާރަންދޫ އެވެ.
މި މުބާރާތުގެ ޗެންޕިއަން ޓީމަށް 35000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ވާދާއިގެ ތަށްޓާއ،ި ރަން މެޑެއްޔާއ،ި ހަނދާނީ ލިޔުން ދިނުމަށް ނިންމާފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 15000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ރިހި މެޑެއްޔާއ،ި ހަނދާނީ ލިޔުން ދޭނެއެވެ.
މީގެ އިތުރުން މުބާރާތުގެ ފެއަރޕްލޭ ޓީމަށް 5000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ޓްރޮފީ އާއި ހަނދާނީ ލިޔުން ދޭނެއެވެ. އަދި އިތުރު ވަނަތަކާއެކު މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ދިނުމަށް ހަމަޖެހިފައިވަނީ ޓްރޮފީއާއި ހަނދާނީ ލިޔުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!