މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
ލިފްޓެއް ތެރޭ ކުއްޖަކަށް ހަމަލާދިންކަމުގެ މައްސަލައެއް ހުށަހެޅިފައެއް ނެތް: ފުލުހުން
Raajje

ލިފްޓެއް ތެރޭ ކުއްޖަކަށް ހަމަލާދިންކަމުގެ މައްސަލައެއް ހުށަހެޅިފައެއް ނެތް: ފުލުހުން

ހުޅުމާލޭގައި ލިފްޓެއްގެ ތެރޭގައި ކުއްޖަކަށް ހަމަލާދީފައިވާ ކަމަށް ބުނެ، މީސްމީޑިއާގައި ޚަބަރު ފެތުރިފައިވިޔަސް އެފަދަ މައްސަލައެއް މިހާތަނަށް ފުލުހުންގެ ޚިދުލަތަށް ހުށަހެޅިފައިނުވާކަމަށް އެ އިދާރާއިން ބުނެފިއެވެ. ރޭ ހުޅުމާލޭގައި ލިފްޓެއްގެ ތެރޭގައި ކުޑަކުއްޖަކަށް ހަމަލާދިން ކަމަށް މީސްމީޑިއާގައި ވާހަކަ ފެތުރުނެވެ. އެކަމާއިގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭ ސެންޓްރޯ މޯލްގެ ލިފްޓެއް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ރޭ ހަމަލާދީފައިވާ ކަމަށް މީސްމީޑިއާގައި ޚަބަރު ފެތުރިފައި ވި...

ސައިކަލަކާއެއްކޮށް ވެއްޓިފައި އޮތް ކުއްޖަކަށް ފަރުވާދެނީ، ކުއްޖާގެ ހާލު ސީރިއަސް
Raajje

ސައިކަލަކާއެއްކޮށް ވެއްޓިފައި އޮތް ކުއްޖަކަށް ފަރުވާދެނީ، ކުއްޖާގެ ހާލު ސީރިއަސް

ފުވައްމުލަކު ސިޓީގައި ސައިކަލަކާއެއްކޮށް ވެއްޓިފައި އޮތް ކުއްޖެއް ފުލުހުންނަށް ފެނިގެން އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު، ކުއްޖާގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންބުނީ، އެ ކުއްޖާ ފެނުނީ ފުވައްމުލަކުގައި ރޭ މެންދަމު 3:40 ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށެވެ. ސައިކަލަކާއެކު އެކުއްޖާ ވެއްޓިފައި އޮއްވާ ފެނުނީ ފުވައްމުލަކުގެ މާލެގަން ބަހާރު މަގާއި ގާޒީ މަގާ ގުޅޭ ހިސާބުންނެވެ. އެ ކުއްޖާ އަކީ 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ފެނުމުން ފުލުހުން އެ ކުއްޖާ...

ގެއްލިގެން ހޯދަނިކޮށް މުއްރަތު ހުޅުމާލޭ ޕޮލިހަށް ހާޒިރުވެއްޖެ
Raajje

ގެއްލިގެން ހޯދަނިކޮށް މުއްރަތު ހުޅުމާލޭ ޕޮލިހަށް ހާޒިރުވެއްޖެ

ގެއްލިގެން ހޯދަން ފުލުހުން މިއަދު ޢިއުލާންކުރި މުއްރަތު އަލީ، ނ. މިލަދޫ/ގުމުރީގެ، ހުޅުމާލެ ފުލުސް އޮފީހަށް ހާޒިރުވެއްޖެއެވެ. މުއްރަތު އަލީ ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ކުރަމުން އަންނާތީ، އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް މިއަދު ހެނދުނު ވަނީ އެދިފައެވެ. 30 އަހަރުގެ މުއްރަތު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށްވަނީ ރިޕޯޓުކޮށްފައި ވަނީ ޑިސެމްބަރު 6 ވަނަ ދުވަހު އެވެ. މިލަދޫ މީހަކު ގެއްލިގެން ހޯދަން ފަށައިފި އޭނާ ހޯދަމުން ދަނިކޮށް ހުޅުމާލެ […]

މިލަދޫ މީހަކު ގެއްލިގެން ހޯދަން ފަށައިފި
Raajje

މިލަދޫ މީހަކު ގެއްލިގެން ހޯދަން ފަށައިފި

މުއްރަތު އަލީ، ނ. މިލަދޫ/ގުމުރީގެ، ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަންފަށައިފިއެވެ. ގެއްލިގެން ހޯދަމުންދާ އުމުރުން 30 އަހަރު، މުއްރަތު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ޑިސެމްބަރު 6 ވަނަ ދުވަހު ފުލުހުންނަށްވަނީ ރިޕޯޓުކޮށްފައެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު، މުއްރަތު އަލީ މަސައްކަތްކުރަނީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުނެއެވެ. ”އޭނާ އެންމެ ފ...

ހިޔާ ފްލެޓްގައި މާރާމާރީ ހިންގީ ޢާއިލީ މައްސަލައެއްގައި، އެކަކު ހައްޔަރުކޮށްފި
Raajje

ހިޔާ ފްލެޓްގައި މާރާމާރީ ހިންގީ ޢާއިލީ މައްސަލައެއްގައި، އެކަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހިޔާ އެޗް6 ގެ އެޕާޓްމަންޓެއްގައި ހިނގި މި މާރާމާރީގައި ވަނީ 22 އަހަރުގެ ދިވެއްސަކަށް އަނިޔާވެފައެވެ. އޭނާ އަށް އަންނަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ”އޭނާ އަށް ހަމަލާދީފައި ވަނީ ޢާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި […]

އައްޑޫގައި ފުލުހުން ހިންގާ އޮޕަރޭޝަންގައި 10 މީހުން ހައްޔަރުކޮށް، ތޫނު ހަތިޔާރު ހޯދައިފި
Raajje

އައްޑޫގައި ފުލުހުން ހިންގާ އޮޕަރޭޝަންގައި 10 މީހުން ހައްޔަރުކޮށް، ތޫނު ހަތިޔާރު ހޯދައިފި

ގޭންގު ހަދައިގެން މާރާމާރީ ހިންގާ މީހުން ހުއްޓުވުމަށް އައްޑޫ ސިޓީގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްދާކަމަށާއި، މިހާތަނަށް 10 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި އޮޕަރޭޝަނަކީ އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި، ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ހިންގާ ހާއްސަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ޑިސެމްބަރު 3 ވަނަ ދުވަހު ފަށާފައިވާއިރު، މި އޮޕަރޭޝަނުގައި މިހާތަނަށް މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި 10 މީހުން ހ...

އެފްއޭއެމްގެ ރައީސް ބައްސާމުގެ ޕާސްޕޯޓު ހިފަހައްޓައިފި
Raajje

އެފްއޭއެމްގެ ރައީސް ބައްސާމުގެ ޕާސްޕޯޓު ހިފަހައްޓައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް)އާ ގުޅޭ ފައިސާގެ މައްސަލަތަކެއްގެ ތަހުގީގު ކުރިއަށްދާއިރު، އެ އެސޯޝިއޭސަންގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ބައްސާމްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ފުލުހުންގެ އިސްނެގުމުގެ މަތިން އެކަމަށް ބޭނުންވާ ކޯޓު އަމުރެއް ހޯދައިގެންނެވެ. ބައްސާމްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު، 30 ނޮވެމްބަރު 2023 ގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސައިން ޝަމީމް...

ވިހެއުމަށްފަހު ކުނިގޮނޑަށް ކުއްޖާ އެއްލައިލި މަންމަ ޝަރީއަތް ނިމެންދެން ބަންދަށް
Raajje

ވިހެއުމަށްފަހު ކުނިގޮނޑަށް ކުއްޖާ އެއްލައިލި މަންމަ ޝަރީއަތް ނިމެންދެން ބަންދަށް

ވިހެއުމަށްފަހު ކޮތަޅަކަށް ލައި ކުނިގޮނޑަށް އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ މަންމަ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ. ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އިއްޔެ ފެނިފައި ވަނީ އދ. ދިގުރަށު ކުނި ގޮނޑުންނެވެ. އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ވަނީ ސްރީލަންކާގެ އުމުރުން 30 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައެވެ. އޭނާ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީޢަތް ނިމެންދެން ބަނދުގައި ބަހައްޓަން ކޯ...

ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި މީހުން ޝަރީއަތް ނިމެންދެން ބަންދަށް
Raajje

ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި މީހުން ޝަރީއަތް ނިމެންދެން ބަންދަށް

މިދިޔަ ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީ ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފިއެވެ. ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކުރީ 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުންނެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުން ނަމަ، މި ހަތަރު މީހުންނަކީ ވެސް މާރާމާރީގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބެލެވޭ މީހުންނެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން […]

ވިހެއުމަށްފަހު ކުއްޖާ އެއްލައިލި މައްސަލާގައި ލަންކާ އަންހެނަކު ހައްޔަރުކޮށްފި
Raajje

ވިހެއުމަށްފަހު ކުއްޖާ އެއްލައިލި މައްސަލާގައި ލަންކާ އަންހެނަކު ހައްޔަރުކޮށްފި

އދ. ދިގުރަށު ކުނި ގޮނޑުން ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު މިއަދު ފެނިފައިވާއިރު، އެ މައްސަލައިގެ ތުހުމަތުގައި ސްރީލަންކާ އަންހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ސްރީލަންކާ އަންހެނަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ދިގުރަށުން މާލެ އައިސް، ސްރީލަންކާ އަށް ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައި ހުއްޓައެވެ. އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އ...

ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ދިގުރަށު ކުނި ގޮނޑުން ފެނިއްޖެ
Raajje

ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ދިގުރަށު ކުނި ގޮނޑުން ފެނިއްޖެ

ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އދ. ދިގުރަށު ކުނި ގޮނޑުން ފެނިއްޖެއެވެ. ފުލުހުން ބުނީ، އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު ހެނދު 09:20 އެހާކަންހާއިރުއެވެ. ”މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން.” ފުލުހުން ބުންޏެވެ. އެ ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެއްލެ...

އައްޑޫ މާރާމާރީއާއި ގުޅިގެން ތުހުމަތުވާ ހަތަރު މީހަކު ހައްޔަރުކޮށްފި
Raajje

އައްޑޫ މާރާމާރީއާއި ގުޅިގެން ތުހުމަތުވާ ހަތަރު މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއާއި ގުޅިގެން އެ މައްސަލައިގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. 1 ޑިސެމްބަރު 2023 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ދެ ގްރޫޕެއް ދެމެދުގައި މާރާމާރީއެއް ހިނގާފައިވާ މާރާމާރީއަކާއިގުޅިގެން އެކަން އެ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާކަމަށް އެ އިދާރާއިން އިއްޔެ މެންދުރުފަހު ވަނީ ހާމަކޮށްފައެވެ. މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން 30 އަހަރުގެ ދިވެހި ފިރިހެނެއް ޒަޚަމްވެފައިވާ ކަމަށާއި، މީހާގެ [...

އައްޑޫގައި ދެ ގްރޫޕެއް ދެމެދު ހިނގި މާރާމާރީއެއްގައި އެކެއްގެ ހާލު ސީރިއަސް
Raajje

އައްޑޫގައި ދެ ގްރޫޕެއް ދެމެދު ހިނގި މާރާމާރީއެއްގައި އެކެއްގެ ހާލު ސީރިއަސް

އައްޑޫ ސިޓީގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކެއްގެ ހާލު ސީރިއަސްވެގެން ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ބުނީ ހިތަދޫގައި ދެ ގްރޫޕެއް ދެމެދުގައި މާރާމާރީއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެ މީހާ އަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ވެސް […]

ހުޅުމާލޭގައި ކާރަކާއި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް
Raajje

ހުޅުމާލޭގައި ކާރަކާއި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް

ހުޅުމާލޭގައި ކާރަކާއި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ހުޅުމާލޭގައި ކާރަކާއި ދެ ސައިކަލު ޖެހި މިއަދު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. ހުޅުމާލޭ މިދިލި މަގުގައި ހިނގި މި އެކްސިޑެންޓްގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިއަދު 12:09 ގައެވެ. މި އެކްސިޑެންޓްގައި ދެ ސައިކަލު ދުއްވި ދެ މީހުންނަށް ވަނީ އަނިޔާ ވެފައެވެ. އަދި އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ފުލުހުން […]

ގެއްލިގެން ހޯދި ވިސާމާ ފެނިއްޖެ
Raajje

ގެއްލިގެން ހޯދި ވިސާމާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ އާއިޝަތު ވިސާމާ (ކަދުރުމާގެ/ސ.ހިތަދޫ) މިރޭ ފެނިއްޖެ އެވެ. އުމުރުން 39 އަހަރުގެ ވިސާމާގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ޢާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓު ކުރީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ފުލުހުން މިރޭ އިރުއޮއްސި 6:03 ހާއިރު ވަނީ ވިދާޅުވެފައެވެ. އަދި މިރޭ 10:49 ގައި ފުލުހުން ވިދާޅުވީ ހޯދަމުން ދިޔަ ވިސާމާ ފެނިފައިވާ ކަމަށެވެ. އަންހެނަކު ގެއްލުނުތާ 7 […]