ކުޅުދުއްފުށި އެއާޕޯޓުން ފުރަން ދިޔަ މީހެއްގެ ދަބަހުން ވަޒަނެއް ފެނުނުކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަނީ
ހދ. ކުޅުދުއްފުށި ސިޓީގެ އެއާޕޯޓުން ފުރަން ދިޔަ މީހެއްގެ ދަބަހުން ވަޒަނެއް ފެނުނުކަމަށް ބުނާ މައްސަލަ ސަލާމަތީބާރުތަކުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން މިރޭ ބުނީ، ކުޅުދުއްފުށި އެއާޕޯޓަށް ފުރަން ދިޔަ އަންހެނެއްގެ ދަބަހުން ވަޒަނެއް ފެނުނުކަމަށް ބުނެ މައްސަލަ އެ އިދާރާއަށް ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. މިއަދު ހަވީރު ލިބުނު މި ރިޕޯޓާއި ގުޅިގެން އެކަމަށް އެޓެންޑްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ‘’ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މި މައްސަލަ ދަނީ ތަހުގީގު ކުރަމުން’’ ފުލުހުން ބުނެފަވެއެވެ....