ވިލިމާލެ ބާބަކިއު ސަރަހައްދާ ދިމާ މޫދުގައި އަންހެނަކު ގެނބެމުން ދަނިކޮށް ސަލާމަތްކޮށް ފަރުވާދެމުން އެބަދެއެވެ.
ފުލުހުން މިއަދު ބުނީ ވިލިމާލެ ބާބަކިއު ސަރަހައްދާ ދިމާ މޫދުގައި އަންހެނަކު ގެނބެމުންދާ ކަމަށް ރޭ 00:31 ހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
އެ ރިޕޯޓާއި ގުޅިގެން ފުލުހުން އެތަނަށް ގޮސް އެ އަންހެންމީހާ ސަލާމަތްކޮށްގެން ވިލިމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްދީފައެވެ.
އެއީ އުމުރުން 32 އަހަރުގެ އަންހެނެކެވެ.
''އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައި، އަދި އޭނާ ވަނީ ޢާއިލާ އާއި ހަވާލުކޮށްފައި'' ފުލުހުން ބުނެފަވެއެވެ.
މި އަންހެން މީހާ ސަލާމަތް ކުރަން އުޅުނުމުގެ ތެރޭގައި ފުލުހަކަށް ވެސް ކޮންމެސް ވަރަކަށް ލޮނުބޮއި، ވިލިމާލެ ހޮސްޕިޓަލްގައި ވަނީ ފަރުވާ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!