މީހަކު ރަހީނުކޮށް މާރާމާރީ ހިންގި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނިގޮތުގައި މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ތިން ދިވެހި ފިރިހެނުންނެވެ.

Ad
rt

މި މައްސަލާގައި މި ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރާއި، 26 އަހަރާއި އަދި 27 އަހަރުގެ މީހެކެވެ.

މި މީހުން ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ގެންދިޔުމުން އުމުރުން 25 އަހަރުގެ މީހާގެ ބަންދަން 15 ދުވަސް އަދި އަނެއް ދެ މީހުންގެ ބަންދަށް 5 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.