ހުޅުމާލޭގައި ދަރިއަކު އޭނާގެ މަންމަ އަށް ތޫނުއެއްޗަކުން ހަމަލާދީ މިރޭ ޒަޚަމްކޮށްލައިފައިވާއިރު، އެ ޢަމަލު ހިންގިކަމަށް ތުހުމަތުވާ މީހާ އަށް މިހާރު ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ އިރާކޮޅެވެ.

Ad
rt

ހުޅުމާލެ ފޭސް 1 ގެ ފްލެޓެއްގައި ދަރިފުޅު ތޫނުއެެއްޗަކުން މަންމައަށް ހަމަލާދިނުމުން މަންމައަށް އަންނަނީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

ހޮސްޕިޓަލާއި ހަވާލާދީ އުމުރުން 51 އަހަރުގެ މަންމަގެ ހާލު ސީރިއަސްކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ.

މި މައްސަލައިގެ ތަހުގީގުފަށައި، ފުލުހުން ރޭ ބުނީ މި ޢަމަލު ހިންގިކަމަށް ތުހުމަތުވާ މީހާއަކީ ނަފުސާނީ ބަލި މީހެއްކަމަށެވެ. އަދި އުމުރުން 25 އަހަރުގެ މި މީހާއަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން އައިޖީއެމްއެޗު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

މި ހާދިސާއަކީ ޢާއިލީ މައްސަލައެއްގައި ހިނގިކަމެއްކަމަށް ވެސް ރޭ ފުލުހުން ބުނެފަވެއެވެ.