މުދަލަށް ގެއްލުން ދިން މައްސަލައެއްގައި މީހަކު ހޯދަންމ ފުލުހުންގެ ޚިދުމަތުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
އެމީހާ އެ ޢަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯ ''އެކްސް''ގައި ހިއްސާކޮށް ފުލުހުން ބުނީ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތު އަންގައިދޭން އެދޭ ކަމަށެވެ.
އެ ވީޑިއޯ އިން ފެންނަނީ މީހަކު ގާތަކެއް ހިފައިގެން ގެއެއްގެ ގޯތި ތެރޭގައި ވެހިކަލްތަކެއް ލައި، ހިޔާކޮށްފައިވާ ތަނަކަށް ވަންނަ މަންޒަރެވެ. އެތަނުން ކާރަކާއި ބައެއް ސައިކަލް ތައް ވެސް ފެނެއެވެ.
އެތަނަށް ވަނުމަށްފަހު އޭނާ ބިންމަތީގައި ގައުތައް އެތުރުމަށްފަހު ގައުތައް ނަގައި ވަރަށް ބާރަށް ގާތަށް އުކާތީ ވީޑިއޯއިން ފެނެއެވެ.
މި ޢަމަލު ހިންގާއިރު އޭނަ ހުރީ ހެލްމެޓެއް ވެސް އަޅައިގެންނެވެ.
މުދަލަށް ގެއްލުން ދިން މައްސަލައެއްގައި މީހަކު ހޯދަނީ
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792058 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން. pic.twitter.com/aKthw52vRv
— Maldives Police (@PoliceMv) December 12, 2023
މި މީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އިނގޭނަމަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792058 އަށް ގުޅައި އެކަން ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!