އދ. ދިގުރަށު ކުނި ގޮނޑުން ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފި އެވެ.

ފުލުހުން ބުނި ގޮތުގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު ކުއްޖާގެ ހަށިގަނޑު ވަނީ މިމަހުގެ 22 ވަނަ ދުވަހު މާލެ ގެނެސްފައެވެ.

Ad
rt

ޕޯސްޓްމޯޓަމް ހެދުމަށް ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އދ. ދިގުރަށު ކުނި ގޮނޑުން ފެނުނީ 3 ޑިސެމްބަރު 2023 ގައެވެ.

ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ދިގުރަށު ކުނި ގޮނޑުން ފެނިއްޖެ

އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ސްރީލަންކާ އަންހެނަކު އެދުވަހު ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރުކޮށްފައި ވަނީ ދިގުރަށުން މާލެ އައިސް، ސްރީލަންކާ އަށް ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައި ހުއްޓައެވެ. އެމީހާ އަކީ ދިގުރަށުގެ ގެސްޓްހައުސްއެއްގައި މަސައްކަތް ކުރަން ގޮސް އުޅުނު މީހެކެވެ.

އެ ކުއްޖާ ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔުމުން، އެ ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެއްލެއްވި ޑޮކްޓަރު ބުނެފައެވެ.