މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
އަންނަ މަހު ކުރިނބީގައި ޕޮލިސް ޕޯސްޓެއް ހުޅުވަނީ
Thiladhunmathi News

އަންނަ މަހު ކުރިނބީގައި ޕޮލިސް ޕޯސްޓެއް ހުޅުވަނީ

ތިލަދުންމަތީ ދެކުނުބުރީ ކުރިނބީގައި އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ޕޮލިސް ޕޯސްޓެއް ހުޅުވައި، އެ ރަށުގައި ރަސްމީކޮށް ފުލުހުންގެ ޚިދުމަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. މި ޕޯސްޓްގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލައްވައި އެ ރަށު ކައުންސިލާއި ބައްދަލުކުރެއްވުމަށް ހދ.އަތޮޅުގެ ޕޮލިސް ކޮމާންޑަރ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަހުމާ ސައީދު ވަނީ އިއްޔެ އެ ރަށަށް ޒިޔާރަތް ކުރައްވާފައެވެ. ކުރިނބީގައި ޕޮލިސް ޕޯސްޓް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން މި...

ޒަރޫރީކަމެއްގައި ނޫނީ މާލޭގެ މަގުތަކުގައި ބޮޑެތި އުޅަނދު ނުދުއްވަން އެދިއްޖެ
Raajje

ޒަރޫރީކަމެއްގައި ނޫނީ މާލޭގެ މަގުތަކުގައި ބޮޑެތި އުޅަނދު ނުދުއްވަން އެދިއްޖެ

މާލޭގެ މަގުތައް އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުތަކާއި، ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވަން  ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެންވަނުމުގެ ހާދިސާތައް ހިނގަމުން އަންނަ ކަމަށެވެ. އެހެންވެ މަގުތަކުގައި ފެންހިނދި މަގުތައް އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުތަކާއި، ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވ...

ސައްހަނޫން ޑޮލަރު ދައުރުވާތީ ސަމާލުވާން އެދިއްޖެ
Raajje

ސައްހަނޫން ޑޮލަރު ދައުރުވާތީ ސަމާލުވާން އެދިއްޖެ

ސައްހަ ނޫން  ޔޫއެސް ޑޮލަރުގެ ނޫޓުތަކެއް ދައުރުވާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މިހާރަކަށް އައިސް ސައްހަ ނޫން  ޔޫއެސް ޑޮލަރުގެ 100، 50 އަދި 20 ގެ ނޫޓުތަކެއް ދައުރުވަމުންދާކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން އެކަމަށް އާންމު ރައްޔިތުން މިހާރަަށް ވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ފުލުހުން ބުނިގޮތުގައި ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން އެކިތަންތަނުން ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާ މ...

ޑްރަގް ވިއްކާކަމުގެ ތުހުމަތުވާ ދެ މީހަކު ޑްރަގާއެކު ހައްޔަރުކޮށްފި
Raajje

ޑްރަގް ވިއްކާކަމުގެ ތުހުމަތުވާ ދެ މީހަކު ޑްރަގާއެކު ހައްޔަރުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނިގޮތުގައި މި ދެ މީހުން ހައްޔަރުކުރީ، މަސްތުވާތަކެއްޗާއި ދެކޮޅަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ އިދާރާގެ ޑްރަގް އެންފޯސްޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖަނަވަރީ 9 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަންގައި، މާލޭ ގ...

ދައުރު ވަނީ މިދިޔަ އަހަރު ބުރިޖު މަތީގައި ހިނގި ހާދިސާއެއްގެ ވީޑިއޯއެއް: ފުލުހުން
Raajje

ދައުރު ވަނީ މިދިޔަ އަހަރު ބުރިޖު މަތީގައި ހިނގި ހާދިސާއެއްގެ ވީޑިއޯއެއް: ފުލުހުން

މީސްމީޑިއާގައި މިއަދު ދައުރު ކުރަމުން ދަނީ މިދިޔަ އަހަރު ބުރިޖު މަތީގައި ހިނގި ހާދިސާއެއްގެ ވީޑިއޯއެއް ކަމަށް ފުލުހުން ބުނެފިއެވެ. ”އެކްސް”ގައި ބައެއް ފަރާތްތަކުން މިއަދު ބުރިޖުމަތީގައި ހިނގި ހާދިސާއެއްކަމަށް ބުނެ ކާރެއްގައި ރޯވެގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ދަނީ ދައުރު ކުރަމުންނެވެ. އެ ވީޑިއޯއާއި ގުޅިގެން ފުލުހުން މިއަދު ބުނީ، 3 ޖޫން 2023 ގައި ބުރިޖުމަތީގައި ހިނގާފައިވާ އެކްސިޑެންޓެއްގެ ވީޑިއޯއެއް ދައުރުވަމުން އަންނަ ކަމަށެވެ. މިދިޔަ އަހަރު ޖޫން 3 ވަނަ ދުވަހު […]

ޙައްޤުނޫން މުއްސަނދިކަން ހުއްޓުވަން އަޅާނެ ފިޔަވަޅުތަކާމެދު މަޝްވަރާކޮށްފި
Raajje

ޙައްޤުނޫން މުއްސަނދިކަން ހުއްޓުވަން އަޅާނެ ފިޔަވަޅުތަކާމެދު މަޝްވަރާކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް، ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާ ބައްދަލުކުރައްވައި، ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ދެއިދާރާއިން ގުޅިގެން ކުރާން ހުރި ކަންކަމާބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. ޕީޖީ އޮފީހުން ބުނިގޮތުގައި ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ދެއިދާރާއިން ގުޅިގެން ކުރާން ހުރި ކަންކަމާބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ހިންގުނު މި ބައްދަލުވުމުގައި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް މަޙްމޫދު ސަލީމާއި، ޢަލީ ސަމީރާއި އަދި ދެއިދާރާގެ އިސްވެރިން ބައިވެރިވެވަޑ...

ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވަން އޭސީސީން ހައި ކޯޓަށް
Raajje

ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވަން އޭސީސީން ހައި ކޯޓަށް

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލުމުގެ އަމުރެއް ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައި ކޯޓަށް ހުށަހަޅައިފި އެވެ. ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އޭސީސީން އެންގި އެންގުމަށް އަމަލުކުރަން ފުލުހުން ދެކޮޅު ހެދުމުން އޭސީސީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކޮމިޝަންގެ އެންގުމަށް އަމަލުކުރަން ޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ. އެ މައްސަލަ ނިމެންދެން، ޕްރޮމޯޝަންތައް މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އޭސީސީން އެދުނެވެ. ނަމަވެސް ސިވިލް ކޯޓުން މިދިޔަ މަހު ނިންމީ އެފަދަ އ...

ރާއްޖެ އެތެރެކުރަން އުޅުނު ޑްރަގާއި އެއާއި ހަވާލުވާން އައި މީހާ ފުލުހުންނާއި ހަވާލުކޮށްފި
Raajje

ރާއްޖެ އެތެރެކުރަން އުޅުނު ޑްރަގާއި އެއާއި ހަވާލުވާން އައި މީހާ ފުލުހުންނާއި ހަވާލުކޮށްފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 1.132 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެ، އެ ތަކެއްޗާއި ހަވާލުވާން އައި މީހާ ފުލުހުންނާއި ހަވާލުކޮށްފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް ބުނީ، މި މަސްތުވާ ތަކެތި އަތުލައިގެންފައި ވަނީ ޕޯސްޓް މެދުވެރިކޮށް ގެނައި ޕެކޭޖެއް ބަަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ. މި ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ގެނައި މި ޕެކޭޖު ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުވެގެން އިތުރަށް ބެލިބެލުމުން އޭގެ ތެރެއިން […]

ޅައިމަގު ޕޮލިސް ޕޯސްޓް ހުޅުވައި ޚިދުމަތް ދޭންފަށައިފި
Raajje

ޅައިމަގު ޕޮލިސް ޕޯސްޓް ހުޅުވައި ޚިދުމަތް ދޭންފަށައިފި

ށ. ޅައިމަގުގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ. ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޅައިމަގުގައި ގާއިމުކުރި މި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޅައިމަގު ކައުންސިލް ރައީސް އާދަމް އަޒްމީރު އެވެ. އެތަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ދިވެހިރާއްޖޭގެ ދިދަ ނަންގަވައި ދެއްވީ ކައުންސިލް ރައީސް އާދަމް އަޒްމީ...

ރާއްޖެއަށް ގިނަ އަދަދެއްގެ ޑްރަގް ގެނައި ދެމަފިރިއަކު ހައްޔަރުކޮށްފި
Raajje

ރާއްޖެއަށް ގިނަ އަދަދެއްގެ ޑްރަގް ގެނައި ދެމަފިރިއަކު ހައްޔަރުކޮށްފި

ވައިގެމަގުން ރާއްޖެ އައި ދިވެހި ޒުވާން ދެމަފިރިންގެ ލަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިގެން ހައްޔަރުކޮށްފިއެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ 27 އަހަރުގެ ދިވެހި ފިރިހެނަކާއި ހދ. ނެއްލައިދޫއަށް ނިސްބަތްވާ 20 އަހަރުގެ އަންހެނެކެވެ. އެ މީހުން ބަންދު ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން އެ ދެމަފިރިން ރާއްޖެ އައިއިރު ގެނައި ލަގެޖުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެ ދެމަފިރިންގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެ...

ފުލުހުން 24 ގަޑި އިރު ހުޅުމާލެ ފަޅުތެރެ ޕެޓްރޯލް ކުރަނީ
Raajje

ފުލުހުން 24 ގަޑި އިރު ހުޅުމާލެ ފަޅުތެރެ ޕެޓްރޯލް ކުރަނީ

ދިވެހި ފުލުހުން، ފުލުހުން 24 ގަޑި އިރު ހުޅުމާލެ ފަޅުތެރެ ޕެޓްރޯލް ކުރަން ނިންމައިފިއެވެ. މިއީ މަސްތުވާތަކެއްޗާ ބަނގުރާ ދައުރުކުރުުން ހުއްޓުވުމަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެއްކަމަށް ފުލުހުން ބުނެއެވެ. މިގޮތަށް ނިންމާފައި ފުލުހުންގެ ސެންޓްރަލް ސެންޓްރަލް ޕޮލިސިން ކޮމާންޑް އާއި އޮޕަރޭޝަން ސަޕޯޓް ކޮމާންޑް އަދި ޑްރަގް އެންފޯސްމަންޓްގެ ސީނިއަރ ފުލުހުންނާއެކު ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި މަސްތުވާތަކެއްޗާއި ބަނގުރާ ދައ...

ޒިކުރާ މިސްކިތުގެ ތެރެއަށް ބިސްތަކެއް އެޅި މައްސަލައެއް ފުލުހުން ބަލަނީ
Raajje

ޒިކުރާ މިސްކިތުގެ ތެރެއަށް ބިސްތަކެއް އެޅި މައްސަލައެއް ފުލުހުން ބަލަނީ

މާލޭގައި ހުންނަ ޒިކުރާ މިސްކިތުގެ ތެރެއަށް ބިސްތަކެއް އެޅި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ މަޖީދީ މަގުގައި ހުންނަ ޒިކުރާ މިސްކިތުގެ ތެރެއަށް ބިސްތަކެއް އަޅާފައިވާ މައްސަލަ ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މިހާރު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ހުޅުމާލެ ސަހަރާގައި މަސައްކަތް ކުރަމުން އަންނަ ޖަމާއަތްތެރިއެއް ކަމަށްވާ އަހުމަދު...

ސައުތުލައިން ބޯޓު ނިލަންދޫ ފަރަށް އަރައި ފަޅައިގެން ހިނގައްޖެ
Raajje

ސައުތުލައިން ބޯޓު ނިލަންދޫ ފަރަށް އަރައި ފަޅައިގެން ހިނގައްޖެ

ސައުތުލައިން ބޯޓު ގއ. ނިލަންދޫ ފަރަށް އަރައި ފަޅައިގެން ހިނގައްޖެއެވެ. މި ބޯޓު އަރާފައި ވަނީ ނިލަންދޫގެ ނެރުގެ ދެކުނު ފަރާތު ފަރަށެވެ. ފުލުހުންގެ ޚިދުމަތުން ބުނީ އެ ބޯޓު ނިލަންދޫގެ ނެރުގެ ދެކުނު ފަރާތު ފަރަށް އަރައި ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު މިރޭ 20:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ‘’މި މައުލޫމާތު ލިބުމުން ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް ޕަމްޕެއް ހިފައިގެން ބޯޓަށް އެހީތެރިވުމަށް ގޮސްފައިވޭ،’’ ފުލުހުން ބުންޏެވެ. މި ހާދިސާގައި […]

ބާރު ސްޕީޑްގައި ވެހިކަލް ނުދުއްވުމަށާއި ޒަރޫރީ ދަތުރުތައް ނޫނީ ނުކުރަން އެދިއްޖެ
Raajje

ބާރު ސްޕީޑްގައި ވެހިކަލް ނުދުއްވުމަށާއި ޒަރޫރީ ދަތުރުތައް ނޫނީ ނުކުރަން އެދިއްޖެ

ރާއްޖެ އަށް ކުރަމުންދާ ގަދަ ވިއްސާރާގައި ވެރިރަށް މާލެ އާއި ގްރޭޓާ މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި ވާތީ، ބާރު ސްޕީޑްގައި ވެހިކަލް ނުދުއްވުމަށާއި ޒަރޫރީ ދަތުރުތައް ނޫނީ ނުކުރަން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެ އެވެ. ފުލުހުން މިއަދު ބުނީ، ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރަ އާ ގުޅިގެން ބުރިޖު އަދި ހައިވޭގައި، ފެންބޮޑުވެ ވަޔާ ވެއްޔާއެކު ކުނި އަންނަމުންދާތީ، ބުރިޖު އަދި ހައިވޭ ބޭނުންކުރައްވާ ފަރާތްތައް އެކަމަށަ ސަމާލުވާން އެދޭ ކަމަށެވެ. މީގެ […]

ފުލުހުން މަގުތަކުގައި ހަރަކާތްތެރިވުން އިތުރު ކުރަނީ
Raajje

ފުލުހުން މަގުތަކުގައި ހަރަކާތްތެރިވުން އިތުރު ކުރަނީ

ފުލުހުންގެ ބޭސިކް ޕޮލިސިން ނުވަތަ މަގުތަކުގައި ހަރަކާތްތެރިވުން އިތުރު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ. އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ފުލުހުން އެންމެ އިސްކަމެއް ދީގެން ކުރާނެ ކަންކަމުގެ ތެރޭގައި ފުލުހުންގެ ބޭސިކް ޕޮލިސިން ރަނގަޅު ކުރުން ހިމެނޭ ކަމަށެވެ. އޭގެ ނަތީޖާއަކަށް ވެގެން ދާނީ ފުލުހުންނަކީ ވީހާވެސް ގިނަ އިން މަގުމަތިން ރައްޔިތުންނަށް ހިދުމަތްދޭ ބަޔަކަށް...