ސައުތުލައިން ބޯޓު ގއ. ނިލަންދޫ ފަރަށް އަރައި ފަޅައިގެން ހިނގައްޖެއެވެ.
މި ބޯޓު އަރާފައި ވަނީ ނިލަންދޫގެ ނެރުގެ ދެކުނު ފަރާތު ފަރަށެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ އެ ބޯޓު ނިލަންދޫގެ ނެރުގެ ދެކުނު ފަރާތު ފަރަށް އަރައި ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު މިރޭ 20:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
‘’މި މައުލޫމާތު ލިބުމުން ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް ޕަމްޕެއް ހިފައިގެން ބޯޓަށް އެހީތެރިވުމަށް ގޮސްފައިވޭ،’’ ފުލުހުން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި ބޯޓުން ފަޅައިގެން ދިޔަ ތަންތަނުގައި ފިލާ އަޅައި، ދިޔަވުން މަތަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!