72 މިލިއަން ރުފިޔާގެ މަސްތުވާ ތަކެއްޗާއިއެކު 11 ދިވެހިން ހައްޔަރުކޮށްފި
ފުލުހުންގެ އިންޓެލިޖެންސް މަރައިން ޕޮލިސް އަދި ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސް ދޯންޏަކުން 61 ކިލޯގުރާމްގެ ހެރޮއިން ހޯދައި، 11 ދިވެހިން ހައްޔަރުކޮށްފިއެވެ. ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ 72 މިލިއަން ރުފިޔާގެ ހެރޮއިނާއެކު 11 ދިވެހިން ހައްޔަރުކޮށްފައިވާކަމަށެވެ. އެގޮތުން 7 މީހަކު ހައްޔަރުކޮށްފައިވަނީ މަސްދޯންޏަކުން ކަމަށާއި އިތުރު 4 މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއާއި މާލެ...