•  
  •  
  •  
  •  
  •  
  •  

ފުލުހުންނަށް އޮންލައިންކޮށް މައްސަލަ ހުށަހަޅާ ޕޯޓަލްއެއްގެ ޚިދުމަތް ފަށައިފިއެވެ. މި ޕޯރޓަލަކީ އިމަޖެންސީ ނޫން ޙާލަތްތަކުގައި މައްސަލަ ހުށަހެޅުމަށް ބޭނުންކުރެވޭނޭ ޕޯރޓަލްއެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން، ހުށަހަޅުއްވާ މައްސަލައަށް ވަގުތުން ވަގުތަށް ޖަވާބެއް ލިބިވަޑައިނުގަތުމަކީ އެކަށީގެންވާކަމެއްކަމަށާއި އިމަޖެންސީ ޙާލަތެއްނަމަ، 119 އަށް ގުޅުއްވުމަށް ފުލުހުން ދަންނަވާފައިވެއެވެ.

މިޕޯރޓަލް މެދުވެރިކޮށް ހުށަހަޅުއްވާ ފޯރމް ޕްރޮސެސް ކުރެވުމުން، ދެއްވާފައިވާ މޯބައިލް ނަންބަރަށް އެސް.އެމް.އެސް އެއް ލިބިވަޑައިގަންނަވާނެކަމަށާއި ގުޅޭނެ ރަނގަޅު މޯބައިލް ފޯނު ނަންބަރާއި، އީމެއިލް އަދި އެޑްރެސްގެ މަޢުލޫމާތު ފޯރުކޮށްދެއްވުން އެދޭކަމަށް ފުލުހުންގެ ޕޯޓަލްގައި ބަޔާންކޮށްފައިވެއެވެ.

ހުށަހަޅުއްވާ މައްސަލައާއި ގުޅޭގޮތުން އެސަރވިސްގެ ފަރާތުން އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާނަމަ، އިންވެސްޓިގޭޓިންގ އޮފިސަރެއް ގުޅުއްވާނެއެވެ. މިޕޯޓަލް މެދުވެރިކޮން މައްސަލަ ހުށައަޅާ ފަރާތްތަކުން އިޤްރާރް ވާންޖެހޭ ކަންތައް ތަކެއް ހުރެއެވެ.

https://twitter.com/PoliceMv/status/1242460407723245570?s=20

އެގޮތުން އެއިގުރާރުގައިވަނީ ފޯރމުގައި ހުށަހަޅުއްވާ މަޢުލޫމާތަކީ ތެދު މަޢުލޫމާތުކަމުގައި ވާންވާނެކަމަށާއި މުޙިއްމު މަޢުލޫމާތު މަދުވާ ނުވަތަ ފުރިހަމަ ނުވާ ފޯރމުތަކަށް ޢަމަލު ނުކުރެވޭނެކަމަށާއި އަދި އެފޯރމު ބާތިލްކުރެވޭނެކަމަށެވެ. މީގެ އިތުރުން ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް (ދިވެހިރައްޔިތެއްކަން އަންގައިދޭ އައި.ޑީ ކާރޑު / ޕާސްޕޯރޓް) ބޭނުންވާ ޙާލަތުގައި އެސަރވިސްގެ ފަރާތުން އެކަމަށް އެދުމުން، އެމަޢުލޫމާތެއް ފޯރުކޮށްދެއްވަންވާނެކަމަށެވެ.

އޮންލައިންކޮށް މައްސަލަ ހުށަހަޅާ ޕޯޓަލް

ޚިޔާލު

Your email address will not be published.

More in ރާއްޖެ