މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Ad
rt

އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މާރިޗް މަހުގެ 2 ވަނަ ދުވަހު މާފަންނު ޕޮލިހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު، އޭނާގެ އަމަލުތައް ހުރި ގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 44 ރަބަރު ޕެކެޓު އޭނާގެ އަތުން ފެނުމާ ގުޅިގެންނެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.