ޖެނުއަރީ މަހުގެ ވެލާ ރިސޯޓުން 3006.26 ޑޮލަރު (46،356.53 ރުފިޔާ) ސާވިސް ޗާޖުގެ ގޮތުގައި ދީފި އެވެ.

ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ މިދިޔަ ޖެނުއަރީމަހު ދިން ރިސޯޓުގެ ގޮތުގައި ވެލޭ ރިސޯޓު ހިމެނޭއިރު ދެވަނައިގައި އުޅެނީ ވާދަވެރި ޝެވަލް ބްލޮންކް ރަންދެލި ރިސޯޓެވެ. ރަންދެލި ރިސޯޓުން ކޮންމެ މުވައްޒަފަކަށް 2533.33 ޑޮލަރު (39،063.95 ރުފިޔާ) ދީފައިވެއެވެ.

Ad
d

ނ. އަތޮޅުގައި އޮންނަ މި ދެ ރިސޯޓަކީ އާއްމުކޮށް ސާވިސް ޗާޖު ލިސްޓުގެ ކުރީގައި އުޅޭ ދެ ރިސޯޓެވެ. އެގޮތުން، މި އަހަރުގެ ގިނަ މަސްތަކުގައި ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް އެންމެ ބޮޑު އަދަދެއްގެ ފައިސާ ދީފައި ވަނީ ޝެވަލް ބްލޮންކް ރަންދެލި އަދި ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުންނެވެ.

ރިސޯޓުތަކުގެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖުގެ މިންވަރު ހާމަކުރާ މޯލްޑިވްސްއެސްސީ.ކޮމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިންވަނައިގައި އުޅެނީ 2465.00 ޑޮލަރު (38،010.30 ރުފިޔާ) އެކު ވަންއެންޑް އޮންލީ ރީތިރަށް ރިސޯޓުވެ.

ޖެނުއަރީ މަމަހުގެ ހިސާބުތައް ދައްކާ ގޮތުން، ހަތަރު ވަނައިގައި އޮތީ ފޯސީޒަންގެ ރިސޯޓުތަކެވެ. އެގޮތުން އެކުންފުނިން ހިންގާ ހުރިހާރިސޯޓެއްގެ މުވައްޒަފުންނަށް 2315.35 ޑޮލަރު ( 35،702.70 ރުފިޔާ) ދީފައިވެއެވެ. ފަސްވަނައިގައި އުޅެނީ މާލެ އަތޮޅުގައި ވަރަށް ފަހުން ހުޅުވި ވޯލްޑް އޮފް އެސްޓޯރިޔާ އިތާފުއްޓެވެ. އެރިސޯޓުން ކޮންމެ މުވައްޒަފަކަށް 2،037.00 ޑޮލަރު (31،410.54 ރުފިޔާ) ދީފައިވެއެވެ.

މި ރިސޯޓުތަކުގެ އިތުރުން، ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު ދެން އެންމެ ބޮޑު އަދަދެއް ދިން ރިސޯޓުތަކުގެ ތެރޭގައި ހިމެނެނީ:

  • ދަ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް: 1940.25 ޑޮލަރު
  • އަނަންތަރާ ކިހާވައް ރިސޯޓް:1832.04 ޑޮލަރު(29918.66 ރުފިޔާ)
  • ޖުމެއިރާ ވިޓަވެލި: 1768.87 ޑޮލަރު (27275.97 ރުފިޔާ)
  • ނައުޓިލަސް މޯލްޑިވްސް: 1515.71 ޑޮލަރު (23372.25 ރުފިޔާ)
  • ޕާރކް ހަޔާތު: 1384.00 ޑޮލަރު (21341.28 ރުފިޔާ)

މި ހިސާބުތަކަށް ބަލާއިރު، ސާވިސް ޗާޖުގެ ގޮތުގައި ދީފައިވާ އަދަދު މި ވަނީ މިދިޔަ މަހަށް ވުރެ އަނެއް މަހު ރަނގަޅު ވާން ފަށާފަ އެވެ.

މިދިޔަ ޖެނުއަރީ މަހު 1،000 ޑޮލަރަށް ވުރެ މަތިން ސާވިސް ޗާޖު ދިން ރިސޯޓުގެ އަދަދަކީ 24 ރިސޯޓެވެ. މިދިޔަ މަހު ސާވިސްޗާޖުގެ ގޮތުގައި މޯލްޑިވްސް އެސްސީ ގައި ހިމަނާފައިވަނީ67 ރިސޯޓުންނެވެ. އެވެބްސައިޓުގައި ހިމަނާފައިވަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އެވެބްސައިޓާއި ހިއްސާކުރާ އަދަދު ތަކެވެ.

ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދޭ ފައިސާގެ މިންވަރު ރަނގަޅު ވެފައިވާއިރު، ޖެނުއަރީ މަހަކީ ކޮންމެ އަހަރެއްގައި އެންމެ މަތިން ސާވިސް ޗާކުދޭ މަހެވެ.

Ad
df