ޚާއްސަ ތަމްރީނު ލިބިފައިވާ ފަރާތްތައް ނޫނީ އަނިޔާ ލިބޭ ކުދިންނަން ސުވާލު ނުކުރުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނީ އެކިބާވަތުގެ އަނިޔާ ލިބޭ ކުޑަކުދިންނާ ސުވާލު ކުރުމުގެ ޚާއްސަ ތަމްރީނު ލިބިފައިވާ ފަރާތްތައް ނޫން ފަރާތަކުން އެފަދަ ކުދިންނާ ސުވާލުކުރުމަކީ އެކުދިންނަށް ނޭދެވޭ އަސަރު ކުރާނެ ކަމެއްކަމަށެވެ. އެހެންކަމުން އެ ފަދަ އަމަލުތައް ނުހިންގެވުމަށް އިލްތިމާސް ކުރާކަމަށް ފުލުހުން ބުނެފައިވެއެވެ.

Ad
rt

އޭގެ އިތުރުން، ކުއްޖާގެ ވަނަވަރު ހާމަ ވާގޮތަށް ފޮޓޯ އަދި އޯޑިއޯ ސޯސަލް މީޑިއާގައި ހިއްސާ ކުރުމަކީ ކުއްޖާ ރީ-ވިކްޓަމައިޒްވާ ކަމަކަށްވާތީ، ކުޑަކުދިންގެ އައިޑެންޓިޓީ ރައްކާތެރި ކުރެއްވުމަށް ހުރިހާ ބޭފުޅުންވެސް މަސައްކަތް ކުރެއްވުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.