ރޭ ހުޅުމާލޭގައި ތިން ފަތުރުވެރިއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމުގެ ޒިންމާ އުފުލާކަމަށް ބުނެ ދައުރުކުރަމުންދާ ވީޑިއޯއަކީ ސައްޙައެއްޗެއްތޯ ބަލަމުންދާކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ސޯޝަލްމީޑިއާގައި މިހާރު ދައުރުކުރަމުންދާ އެވީޑިއޯގެ މައްސަލަ ބަލަމުންގެންދާ ކަމަށެވެ. އޭގެ އިތުރުން، ރޭ ފަތުރުވެރިންތަކަކަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލަވެސް ތަހުޤީޤު ކުރަމުންދާ ކަމުގައި ފުލުހުން ވިދާޅުވިއެވެ.

Ad
rt

ރޭ ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ ޗައިނާގެ ފަތުރުވެރިއަކާއި، ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ދެ ބިދޭސީންނެވެ.

އެމީހުންނަށް ހަމަލާދީފައި ވަނީ ހެލްމެޓު އަޅައިގެން ތިބި ބައެއް ކަމުގައިވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިމައްސަލަތަކުގައި މިހާތަނަށް ހައްޔަރުކުރިކަން ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.