•  
  •  
  •  
  •  
  •  
  •  

ފުލުހުންގެ އިންޓެލިޖެންސް މަރައިން ޕޮލިސް އަދި ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސް ދޯންޏަކުން 61 ކިލޯގުރާމްގެ ހެރޮއިން ހޯދައި، 11 ދިވެހިން ހައްޔަރުކޮށްފިއެވެ.

ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ 72 މިލިއަން ރުފިޔާގެ ހެރޮއިނާއެކު 11 ދިވެހިން ހައްޔަރުކޮށްފައިވާކަމަށެވެ. އެގޮތުން 7 މީހަކު ހައްޔަރުކޮށްފައިވަނީ މަސްދޯންޏަކުން ކަމަށާއި އިތުރު 4 މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއާއި މާލެ ތެރެއިން ކަމަށެވެ.

9 ދުވަހުން ހިންގި މި އޮޕަރޭޝަންގައު އަތުލައިގަން މަސްތުވާތަކެތީގެ މަގުމަތީ އަގަކީ 72 މިލިއަން ރުފިޔާކަމަށް އެމްސީ ހަމީދު ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ. އެ އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ނުދެ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފަހުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އެ ވިޔަފާރީގައި ހަރަކާތްތެރިވާ އެތައް ބަޔަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ޓްރެފިކް ކުރުމުގެ މައްސަލައިގެ ތުހުމަތަަށް މިދިޔަ ޖެނުއަރީ މާލޭގެ 10 ގެއެއް ގާސްކޮށް ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ