ފަތުރުވެރިންނަށް ވަޅިން ހަމަލާދިން ކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ވަޅިން ހަމަލާދިން ކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރު ކުރެވިފައިވާކަމަށާއި އެމައްސަލަ އިތުރަށް ތަޙްޤީގު ކުރަމުން ދާކަމަށެވެ. ހައްޔަރު ކުރީ ދިވެއްސެއްކަމެއް ފުލުހުން ނުބުނެއެވެ.

Ad
rt

ސައިކަލްތަކެއްގައި ތިބި ބަޔަކު ހުޅުމާލޭގައި ތިން ފަތުރުވެރިންނަށް ދިން ހަމަލާތަކުގެ ޒިންމާ، އިސްލާާމިކް ސްޓޭޓް ޖަމާއަތުން ނަގައިފިކަމަށްބުނާ ވީޑިއޯއެއް ރޭވަނީ މީސްމީޑިޔާގައި ދައުރުވެފައެވެ.

މި ހަމަލާތަކުގެ ޒިންމާ އެޖަމާއަތުން އަލް-މުސްތަގީމްގެ ނަމުގައި ހިންގާ ދިވެހި ޓެލެގްރާމް ޕޭޖެއްގައި އާންމުކުރި ވީޑިޔޯއެއްގައި ވަނީ ނަގާފައެވެ.

މިކަމާާއި ގުޅިގެން ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ރޭ ހިނގި ވަޅިޖެހުމުގެ ހާދިސާ ތަހުގީގުކުރަމުންދާކަމަށާއި، އަދި އެކަމާއި ގުޅިގެން ދައުރުވަމުންދާ ވީޑިޔޯއެއްގެ ސައްހަކަން ދެނެގަތުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފަތުރުވެރިންނަށް ހަމަލާ ދިނުމުގެ ހާދިސާގައި އަނިޔާވެފައިވަނީ ޗައިނާާގެ ދެ މީހަކަށާއި އޮސްޓްރޭލިޔާގެ މީހަކަށެވެ.