ހއ. އަތޮޅު ތަޢުލީމީ މަރުކަޒާއި ހއ. ކެލާ ޝައިޙް އިބްރާހީމް ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށް ކެލާ ޕޮލިސް ސްޓޭޝަނާއި ހޯރަފުށި ޕޮލިސް ސްޓޭަޝަނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި ޓްރެފިކް މޮނީޓަރސްގެ ދެ ޕްރޮގްރާމު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

ވަކިވަކިން ދެ ރަށުގައި ކުރިއަށް ގެންދިޔަ މި ދެ ޕްރޮގްރާމަކީ މި ޖެނުއަރީ 19 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ހއ. އަތޮޅު ތަޢުލީމީ މަރުކަޒާއި ހއ. ކެލާ ޝައިޙް އިބްރާހީމް ސްކޫލުގެ ގްރޭޑް 7،6 އަދި 8 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ދެ ޕްރޮގްރާމެކެވެ.

Ad
rt

މި ދެ ޕްރޮގްރާމު ނިންމާލުމުގެ ގޮތުން ބޭއްވި ހާއްސަ ދެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއެވެ. މި ދެ ރަސްމިއްޔާތުގައި، ޓްރެފިކް މޮނީޓަރސް ޕްރޮގްރާމުތައް ފުރިހަމަ ކުރި ދަރިވަރުންނަށް ބެޖާއި ޓްރެފިކް ވެސްޓް ހަވާލު ކުރުމުގެ އިތުރުުން ހަނދާނީ ލިޔުން ހަވާލުކޮށްފައިވެއެވެ.

ha. atoll traffic monitors....

މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގެ ސްކޫލުތަކުގައި ކުރިއަށް ގެންދާ ޓްރެފިކް މޮނީޓަރިންގ ޕްރޮގްރާމުގެ ތެރެއިން ހއ.އަތޮޅު ތަޢުލީމީ މަރުކަޒާއި ކެލާ ޝައިޙް އިބްރާހީމް ސްކޫލުގައި ކުރިއަށް ގެންދިޔަ ދެ ޕްރޮގްރާމުގައި މަގުމަތީގެ އަދަބުތަކާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި، ރީތި ބަހުން މުޢާމަލާތު ކުރާނެ ގޮތްތަކުގެ އިތުރުން ދަރިވަރުންގެ އުމުރާ ގުޅޭގޮތުން ސެލްފް ޑިފެންސް ކުލާސްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި ދެ ޕްރޮގްރާމުގައި މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުން ދެ ސްކޫލުގެ ބެލެނިވެރިންނާއި ޓީޗަރުންނަށް ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ha

މި ތަމްރީނު ދެ ޕްރޮގްރާމުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމު ހާޞިލުކުރަމުންދާ 35 ދަރިވަރުންނާއި ޝައިޙް އިބްރާހީމް ސްކޫލުގައި ތަޢުލީމު ހާސިލު ކުރަމުންދާ 34 ދަރިވަރުން ބައިވެރިވެފައިވާއިރު މި ޕްރޮގްރާމުގައި ކިޔަވައިދީފައިވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.

ވަކިވަކިން ދެ ވަގުތެއްގައި ކުރިއަށް ގެންދިޔަ ދެ ރަސްމިއްޔާތުގައި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީނާއި މާފަންނު ޕޮލިސް ސްޓޭޝަނުގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރަހުމާ ސައީދާއި، އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ފާއިޒްގެ އިތުރުން ހއ. އަތޮޅުގެ ކޮމާންޑަރާއި، ރަށު ކައުންސިލްގެ ރައީސާއި ސްކޫލްގެ ޕްރިންސިޕަލާއި ދަރިވަރުންގެ ބެލެނިވެރިންނާއި ދަރިވަރުން ބައިވެރިވެފައިވެއެވެ.