މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
ތުރާކުނާއި، އުލިގަމުގައި ސައިބަރ ސެކިޔުރިޓީއާއި ބެލެނިވެރިކަމުގެ ހުނަރު ދަސްކޮށްދޭ ސެޝަންތަކެއް
Thiladhunmathi News

ތުރާކުނާއި، އުލިގަމުގައި ސައިބަރ ސެކިޔުރިޓީއާއި ބެލެނިވެރިކަމުގެ ހުނަރު ދަސްކޮށްދޭ ސެޝަންތަކެއް

ތުރާކުނާއި، އުލިގަމުގައި ސައިބަރ ސެކިޔުރިޓީއާއި ބެލެނިވެރިކަމުގެ ހުނަރު ދަސްކޮށްދޭ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި ހއ. އުލިގަމު ޕޮލިސް ޑެސްކާއި ހއ. އުލިގަމު ކައުންސިލް އިދާރާ, އުލިގަމު ސުކޫލު އާއި އުލިގަމު އެސޯސިއޭޝަން ފޯރ ސޯޝަލް އެވެޔަރނެސް (އަސާ) އަދި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި ސައިބަރ ޕޮލިސް ސެންޓަރުގެ ގުޅިގެން، އިއްޔެ ހެނދުނު، ހއ. އުލިގަމު ސުކޫލުގެ ބެލެނިވެރިންނަށް ކުރިއަށް ގެންދެވުނު ސައިބަރ ކްރައިމް ޕްރިވެންޝަން ސެޝަންގެ އިތުރުން،...

ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ
Raajje

ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ

މާލޭގެ ގެ އެއްގައި ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާލޭގެ ގެ އެއްގައި ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާ ލިބިފައިވާކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. ގޭސް ފުޅިގޮވާފައި ވަނީ މާލޭގެ މާފަންނު އުނިގަސްމަގުގައި ހުންނަ ގެއެއްގައެވެ. އެ ރިޕޯޓް ލިބުމާއި ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ. މިހާދިސާގައި އަނިޔާ ލިބިފައި ވަނީ ދިވެހި ފިރިހެނަކަށެވެ. އޭނާ އަށް ބޮޑު އަނިޔާއެއް […]

ދަރިވަރަކު ސްކޫލަށް މަސްތުވާތަކެތި ވެއްދި މައްސަލައެއް ފެންމަތިވެއްޖެ
Raajje

ދަރިވަރަކު ސްކޫލަށް މަސްތުވާތަކެތި ވެއްދި މައްސަލައެއް ފެންމަތިވެއްޖެ

ދަރިވަރަކު ސްކޫލަށް މަސްތުވާތަކެތި ވެއްދި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ބަލަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކ. އަތޮޅު ރަށެއްގެ ސްކޫލް ކުއްޖެއް ސްކޫލަށް މަސްތުވާތަކެތި ވެއްދި މައްސަލައެއްގެ ރިޕޯޓް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 11:34 ހާއިރުއެވެ. މި މައްސަލައާއިގުޅިގެން ބަލަންޖެހޭ ކަންކަން ބައްލަވަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ
Raajje

ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ

ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިޢުލާންކޮށްފި އެވެ. ފުލުހުން ބުނީ އެމީހާ ހޯދަން އިޢުލާން ކުރީ، ލ. މާމެންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީކަމަށެވެ. ޖިނާއީ މ...

މަސްތުގެ ހާލުގައި ހުރެ ޖިންސީ ގުނަވަން ދެއްކި ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

މަސްތުގެ ހާލުގައި ހުރެ ޖިންސީ ގުނަވަން ދެއްކި ބިދޭސީއަކު ހައްޔަރުކޮށްފި

މަސްތުގެ ހާލުގައި ހުރެ ޖިންސީ ގުނަވަން ދެއްކި ބިދޭސީއަކު މާލެއިން ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި، ބިދޭސީއަކު މަސްތުގެ ހާލުގައި ހުރެ ޖިންސީ ގުނަވަން ދެއްކި މައްސަލައެއް ރޭ އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ބިދޭސީ މީހާ ހިންގި މި ޢަމަލުގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައި ވަނީ ރޭގެ 21:57 ހާއިރު އެވެ. “އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާ ފިރިހެނެއް” ފުލުހުން ވިދާޅުވެފައިވެއެވެ. އެ މައްސަލަ ބަލައްވަމުން ގެންދަވާ ކަމަށް ވެސް ފުލުހުންގެ […]

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ދިއްދޫން މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ދިއްދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހއ. ދިއްދޫން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތިން ރަށެއްގައި އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް އޮޕަރޭޝަން ހިންގާފައި ވަނީ ހއ. ދިއްދޫގައެވެ. އެއީ އެރަށަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށުގައި ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން އެ ރަށު ބަނދަރުމަތިން 28 އަހަރުގެ...

ވައިކަރަދޫ ޕޮލިސް ޕޯސްޓު ހުޅުވައިފި
Thiladhunmathi News

ވައިކަރަދޫ ޕޮލިސް ޕޯސްޓު ހުޅުވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހދ. ވައިކަރަދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި އިއްޔެ ޚިދުމަތް ދޭން ފަށައިފިއެވެ. ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވައިކަރަދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މި ރަސްމިއްޔާތުގައި ވައިކަރަދޫގެ ކައުންސިލަރުންނާއި، މުއައްސަސާތަކުގެ ވެރިން ބައިވެރި...

މަސްތުވާތަކެއްޗާއެކު ރިސޯޓަކުން 3 މީހަކު ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެއްޗާއެކު ރިސޯޓަކުން 3 މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު އއ. ގަައި އޮންނަ ރިސޯޓަކުން 3 މީހަކު މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ ރިސޯޓުން މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފައި ވަނީ ދިވެހި ތިން ފިރިހެނުން ކަމަށެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އދ. މާމިގިލީގައި މަސައްކަތްކުރާ ފުލުހުންނާއި، ފެންފުށީގައި މަސައްކަތްކުރާ ފުލުހުންނާ އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި އަދު ހިންގި އޮަޕަރޭޝަނެއް...

ދެ ދޯނި ދޭތެރޭގައި ފިތިގެން މީހަކު ނިޔާވެއްޖެ
Raajje

ދެ ދޯނި ދޭތެރޭގައި ފިތިގެން މީހަކު ނިޔާވެއްޖެ

މ. ކޮޅުފުށީ ކައިރީގައި ދެ ދޯނި ކައިރިކޮށްގެން އުޅުމުގެ ތެރޭގައި ފިތިގެން މީހަކު ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ، މ. އަތޮޅު ކޮޅުފުށީ ކައިރީގައި ދެ ދޯނި ކައިރިކޮށްގެން އުޅެނިކޮށް ދެ ދޯނި ދޭތެރޭ މީހަކު ފިތިފައިވާކަަމަށެވެ. އެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ މިއަދު ހަވީރު 16:41 ހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް މުލި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާއި ހަވާލާދެއްވާ ފުލުހުން ވިދާޅުވެއެވެ. ނިޔާވެފައިވަނ...

ހިންނަވަރުން ބަނގުރާ ފުޅިތަކެއް ހޯދައިފި
Raajje

ހިންނަވަރުން ބަނގުރާ ފުޅިތަކެއް ހޯދައިފި

ފުލުހުންގެ ޚިދުމަތުން ޅ. ހިންނަވަރުގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅިތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވީ، ހިންނަވަރުގައި، ހިންނަވަރު ޕޮލިހާއި ނައިފަރު ޕޮލިސް ގުޅިގެން މި މަހު 2 އިން 5 އަށް ޚާއްޞަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. އެ އޮޕަރޭޝަނުގައި، އެ ރަށުގެ ފަޅު ގޯތިތަކާއި ކުށްކުރާކަމަށް ބެލެވޭ މީހުން އެއްވެ އުޅޭ ރަށުގެ އެކި ސަރަހައްދުތަކާއި ވަލުތެރެ ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، އެ ބަލައި ފާސްކުރުމުގެ ތެރެއިން 34 ފުޅި ބަނގުރާ ހޯދައި […]

ބ. ގޮއިދޫން މަސްތުވާތެކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
Raajje

ބ. ގޮއިދޫން މަސްތުވާތެކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ. ގޮއިދޫގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގޮއިދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރި ކުރަންއުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 5 ވަނަ ދުވަހުގެ ރޭ އެރަށުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން 26 އަހަރުގެ ދިވެހި ފިރިހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެެލެވޭ އެއ...

ތިން ރަށެއްގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައިފި
Raajje

ތިން ރަށެއްގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައިފި

ފުލުހުންގެ ޚިދުމަތުން ރާއްޖޭގެ ތިން ރަށެއްގައި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައިފިއެވެ. މި އޮޕަރޭޝަންސްތަކަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ ޚިދުމަތުން ނ. މަނަދޫ ތ. މަޑިފުށި އަދި ކ. މާފުށީގައި ހިންގި އޮޕަރޭޝަން ތަކެކެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި ނ. މަނަދޫގައި ހިންގި އޮޕަރޭޝަނަކީ މާޅެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހު 3 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަ...

މާރާމާރީތަކާއި ގުޅިގެން ހަތް މީހަކު ހޯދަން ވަނަވަރު އާންމުކޮށްފި
Raajje

މާރާމާރީތަކާއި ގުޅިގެން ހަތް މީހަކު ހޯދަން ވަނަވަރު އާންމުކޮށްފި

މާލެއާއި ހުޅުމާލޭގައި މިފަހުން ހިނގި މާރާމާރީތަކާއި ގުޅިގެން 7 މީހަކު ހޯދުމަށް އެމީހުންގެ ވަނަ ފުލުހުން މިއަދު އާންމުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހަތް މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރައްވަމުން ގެންދަވާ ކަމަށެވެ. މާރާމާރީތަކާއިގުޅިގެން ހޯދަން ވަނަވަރު އާންމު ކުރި ފަރާތްތައް: ކ. މާލެ/ ދަފްތަރު ނަންބަރު...

ހުޅުމާލޭގައި ދެ މާރާމާރީއެއް ހިނގައިފި
Raajje

ހުޅުމާލޭގައި ދެ މާރާމާރީއެއް ހިނގައިފި

ހުޅުމާލޭގައި މިރޭ ދެ މާރާމާރީއެެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިރޭ ވިދާޅުވީ ހުޅުމާލޭގައި ދެ މާރާމާރީއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ފުރަތަމަ މާރާމާރީ ހިންގާފައި ވަނީ ފޭސް އެކެއްގައި ހުންނަ ލަޔާ ރެސްޓޯރަންޓު ކައިރީގައެވެ. އެތަނުގައި މާރާމާރީ ހިންގިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ 21:17 ހާއިރު އެވެ. ދެވަނަ މާރާމާރީ ހިނގާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބްރިޖެއް ކައިރީގައެވެ. އެ މާރާމާރީ ހިނގީ ފުރަތަމަ މާރާމާރީ ހިނގިތާ ކުޑައިރުކޮޅެއް ފަހުން 21:32 ގައެވެ. އެ […...

މާލެއިން ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާއެކު ތިން ބިދޭސީން ހައްޔަރުކޮށްފި
News

މާލެއިން ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާއެކު ތިން ބިދޭސީން ހައްޔަރުކޮށްފި

މާލެއިން ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާއެކު ތިން ބިދޭސީން ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުގެ އިދާރާއިން ބުނީ، ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ތިން ގެއަކާއި ސައިކަލެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާ ހޯދާފައިވާ ކަމަށެވެ. މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ސްރީލަންކާ ފިރިހެނަކާއި 31 އަހަރުގެ ސްރީލަންކާ ފިރިހެނަކާއި 29 އަހަރުގެ ބަނގުލަދޭޝް ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ. މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ މާލެއަށް ގަވާއި...