މ. ކޮޅުފުށީ ކައިރީގައި ދެ ދޯނި ކައިރިކޮށްގެން އުޅުމުގެ ތެރޭގައި ފިތިގެން މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މ. އަތޮޅު ކޮޅުފުށީ ކައިރީގައި ދެ ދޯނި ކައިރިކޮށްގެން އުޅެނިކޮށް ދެ ދޯނި ދޭތެރޭ މީހަކު ފިތިފައިވާކަަމަށެވެ.
އެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ މިއަދު ހަވީރު 16:41 ހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް މުލި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާއި ހަވާލާދެއްވާ ފުލުހުން ވިދާޅުވެއެވެ. ނިޔާވެފައިވަނީ ދިވެހި ފިރިހެނެއްކަމަށް ވެސް ވިދާޅުވިއެވެ.
މި ހާދިސާއާއި ގުޅިގެން ބައްލަވަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
އެ ހާދިސާގައި ނިޔާވީ ބ. ހިތާދޫ، އަބްދުﷲ އަހުމަދު، 60، އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!