ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިޢުލާންކޮށްފި އެވެ.

ފުލުހުން ބުނީ އެމީހާ ހޯދަން އިޢުލާން ކުރީ، ލ. މާމެންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީކަމަށެވެ.

Ad
rt

ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށް ފުލުހުން ބުނެެެއެވެ.

ފުލުހުން ހޯދަން އިޢުލާން ކޮށްފައިވަނީ، ކ. މާލެ/ ދަފްތަރު ނަންބަރު ދރ618، ޢަބްދުﷲ މުޢާޛު ސަޢީދު (34އ) އެވެ. ހާޒިރުވާންޖެހޭ ލ. މާމެންދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް، 2022 މެއި 30 ވަނަ ދުވަހުގެ 13:00އަށެވެ.

މިމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލ. މާމެންދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980076 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ބުނެއެވެ.