ތުރާކުނާއި، އުލިގަމުގައި ސައިބަރ ސެކިޔުރިޓީއާއި ބެލެނިވެރިކަމުގެ ހުނަރު ދަސްކޮށްދޭ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި ހއ. އުލިގަމު ޕޮލިސް ޑެސްކާއި ހއ. އުލިގަމު ކައުންސިލް އިދާރާ, އުލިގަމު ސުކޫލު އާއި އުލިގަމު އެސޯސިއޭޝަން ފޯރ ސޯޝަލް އެވެޔަރނެސް (އަސާ) އަދި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި ސައިބަރ ޕޮލިސް ސެންޓަރުގެ ގުޅިގެން، އިއްޔެ ހެނދުނު، ހއ. އުލިގަމު ސުކޫލުގެ ބެލެނިވެރިންނަށް ކުރިއަށް ގެންދެވުނު ސައިބަރ ކްރައިމް ޕްރިވެންޝަން ސެޝަންގެ އިތުރުން، އުލިގަމު ސްކޫލުގެ ބެލެނިވެރިންނަށް ކުރިއަށް ގެންދެވުނު ބެލެނިވެރިކަމުގެ ހުނަރު ދަސްކޮށްދިނުމުގެ ސެޝަންގައި ބެލެނިވެރިންނަށްވަނީ މުހިންމު މަޢުލޫމާތު ތަކެއް ފޯރު ކޮށްދީފައެވެ.
މީގެ އިތުރުން އުލިގަމު ސުކޫލުގެ ދަރިވަރުންނަށް ޚާއްޞަ ކޮށްގެން ދަރިވަރުންނަށް ރަނގަޅު އާދަތަކާއި ސުލޫކު ދަސްކޮށްދެއްވުމަށް ހއ. އުލިގަމު ސްކޫލުގެ ދަރިވަރުންނަށް ލިވިންގ ވެލިއުސް ސެޝަން ތަކެއްވެސް ވަނީ ބޭއްވިފައެވެ.
މީގެ އިތުރުން ވިމެން އެންޑް ޓެކް އަދި ސައިބަރ ޕޮލިސް ސެންޓަރުގެ ފަރާތުން، ހއ.އުލިގަމު ސުކޫލުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ސައިބަރ ކްރައިމްތަކަށް ހޭލުންތެރި ކުރުމުގެ ސެޝަންތަކެއްވެސް ވަނީ ބޭއްވިފައެވެ.
މީގެ އިތުރުން ހއ.ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި ހއ. ތުރާކުނު ޕޮލިސް ޑެސްކާއި ތުރާކުނު ކައުންސިލް އިދާރާ, ތުރާކުނު ސުކޫލު އަދި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި ސައިބަރ ޕޮލިސް ސެންޓަރުގެ ގުޅިގެން، އިއްޔެ މެންދުރުފަހު ހއ. ތުރާކުނު ސުކޫލުގެ ބެލެނިވެރިންނަށް ކުރިއަށް ގެންދެވުނު ސައިބަރ ކްރައިމް ޕްރިވެންޝަން ސެޝަންގެ އިތުރުން، ތުރާކުނު ސްކޫލުގެ ބެލެނިވެރިންނަށް ކުރިއަށް ގެންދެވުނު ބެލެނިވެރިކަމުގެ ހުނަރު ދަސްކޮށްދިނުމުގެ ސެޝަންގައި ބެލެނިވެރިންނަށްވަނީ ގިނަ މަޢުލޫމާތު ތަކެއް ފޯރު ކޮށްދީފައެވެ.
މީގެ އިތުރުން ތުރާކުނު ސުކޫލުގެ ދަރިވަރުންނަށް ޚާއްޞަ ކޮށްގެން ދަރިވަރުންނަށް ރަނގަޅު އާދަތަކާއި ސުލޫކު ދަސްކޮށްދެއްވުމަށް ހއ. ތުރާކުނު ސްކޫލުގެ ދަރިވަރުންނަށް ލިވިންގ ވެލިއުސް ސެޝަން ތަކެއްވެސް ވަނީ ބޭއްވިފައެވެ.
މީގެ އިތުރުން ވިމެން އެންޑް ޓެކް އަދި ސައިބަރ ޕޮލިސް ސެންޓަރުގެ ފަރާތުން، ހއ. ތުރާކުނު ސުކޫލުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ސައިބަރ ކްރައިމްތަކަށް ހޭލުންތެރި ކުރުމުގެ ސެޝަންތަކެއްވެސް ވަނީ ބޭއްވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!