މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ފުލުހުން ހިދުމަތުގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވަޒީފާގެ ފުރުޞަޠު ހުޅުވާލައިފައި ވަނީ ފުލުހުންގެ “ޕޮލިސް ރެކްރޫޓް” ގެ މަޤާމަށް މީހުން ހޯދުމަށެވެ. މި މަގާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި އޭޕްރީލް މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ މެއި މަހުގެ 22 ވަނަ ދުވަހުގެ 16:00 އާ ހަމައަށެވެ. މި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުޠުތަކަށް ބަލާއިރު، ފުރަތަމަ ޝަރުޠަކީ، ސާނަވީ […]

ބާރަ އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންނާއި ޖެންޑާ ގުޅިގެން ބަލަންފަށައިފި
Raajje

ބާރަ އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންނާއި ޖެންޑާ ގުޅިގެން ބަލަންފަށައިފި

ބާރަ އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންގެ ޚިދުމަތުންނާއި، ޖެންޑާ މިނިސްޓްރީ ގުޅިގެން ބަލަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިރޭ ވިދާޅުވީ، ނޯތް ސެންޓްރަލް ޕޮލިސް ރީޖަން (ކ، އއ، އދ، ވ. އަތޮޅު) ގައި ހިމެނޭ ރަށެއްގައި 12 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއްގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. މި މަހުގެ 26 ވަނަ ދުވަހު ފުލުހަށް ހުށައެޅި އެ މައްސަލައަކީ އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާއަށް އަނިޔާކުރި […]

ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ދެނެގަތުމުގެ ހަރަކާތެއް ފުލުހުން ފަށައިފި
Raajje

ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ދެނެގަތުމުގެ ހަރަކާތެއް ފުލުހުން ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިން ޕޮލިސް އިން ރާއްޖޭގެ ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބެލުމުގެ ހަރަކާތެއް އިއްޔެ ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، މި ހަރަކާތް ކުރިއަށް ދާނީ އަންނަ މެއި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ހަރަކާތަކީ ފިތުރު ޢީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު އަތޮޅުތެރެއަށް ކަނޑުމަގުން ދަތުރުކުރާއިރު، އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބެލުމުގެ […]

ފުލުހުންނާއި އެމްޕީއެލް އަދި ސިޕްރިއާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފި
Business

ފުލުހުންނާއި އެމްޕީއެލް އަދި ސިޕްރިއާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފި

ފުލުހުންނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި ސީޕްރިއާ އާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މިއީ ކޮމިއުނިޓީ ސޭފްޓީ ޕާޓްނަޝިޕް ފެށުމުގެ ގޮތުން ވެވުނު އެއްބަސްވުމެކެވެ. އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީއެވެ. އަދި ސީޕްރިއާގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ މެނޭޖަރު މ...

ސައިބަރ ކްރައިމް މައްސަލަތަކާއި ގުޅޭގޮތުން މިލަންދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދީފި
Raajje

ސައިބަރ ކްރައިމް މައްސަލަތަކާއި ގުޅޭގޮތުން މިލަންދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދީފި

ސައިބަރ ކްރައިމް މައްސަލަތަކާއި، ދަރިން ތަރުބިއްޔަތުކުރާނެ ރަނގަޅު ގޮތްތައް އަންގައި ދިނުމަށް ށ. މިލަންދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިލަންދޫ ޕޮލިސް ސްޓޭޝަނާއި، މިލަންދޫ ސްކޫލާއި ގުޅިގެންނެވެ. މި މަހު 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، އިންޓަނެޓް މެދުވެރިކޮށް ކުދިންނަށް އަމާޒުކޮށްގެން ހިންގާ ކުށްތަކާ، ހާއްސަކޮށް ފުރާވަރު އުމުރުގެ ކުދިން އެފަދަ ކުށްތަކުން ދު...

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި
Raajje

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި

މާލޭ ސިޓީއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެއިން މީހަކު ގެއްލިގެން އެ އިދާރާއަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ. ގެއްލިގެން ހޯދަމުންދާ މީހަކީ ކ. މާލެ / ގ. ޑްރީމްހައުސް، ޙަސަން ރުޝްދުﷲ (53އ) އެވެ. ފުލުހުން ވިދާޅުވީ، ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ މާރިޗު މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. “ފުލުހުންނަށް މިކަން […]

ބަންގްލަދޭޝް ވޭޓަރު މަރާލި އާބިދު ހައްޔަރުކުރީ ހިޔާ ސަރަހައްދުގެ ގޮނޑުދޮށުން
Raajje

ބަންގްލަދޭޝް ވޭޓަރު މަރާލި އާބިދު ހައްޔަރުކުރީ ހިޔާ ސަރަހައްދުގެ ގޮނޑުދޮށުން

ހުޅުމާލޭ ރެސްޓޯރެންޓެއްގައި އިއްޔެ ހަމަލާދީ މަރާލި ބަންގްލަދޭޝް މީހާގެ މައްސަލާގައި ފުލުހުން ހޯދަން އިއުލާންކުރި ޕާކިސްތާނުގެ ކައްކާ، އާބިދު ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ހިޔާ ސަރަހައްދުގެ ގޮނޑުދޮށް ސަރަހައްދުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ރޭ ހޯދަންފެށި އުމުރުން 26 އަހަރުގެ މުހައްމަދު އާބިދު ފެނިފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ހިޔާ ސަރަހައްދުގެ ގޮނޑުދޮށް ސަރަހައްދުންނެވެ. އަދި މިމައްސަލާއި ގުޅިގެން އިތުރު މީހަކު ހައްޔަރު ކޮށްފައި ނު...

ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައި އެކަކަށް އަނިޔާވެއްޖެ
Raajje

ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައި އެކަކަށް އަނިޔާވެއްޖެ

މާލޭ ސިޓީގެ މާލޭގައި ބިދޭސީންތަކެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައިިފިއެވެ. މި މާރާމާރީގެ ރިޕޯޓް ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވަނީ މިރޭ 8:20 ހާއިރު އެވެ. ބިދޭސީންތަކެއްގެ ދެމެދުގައި ހިނގި މި މާރާމާރީ ހިނގާފައި ވަނީ މާލޭ ސޯސަންމަގު ގައެވެ. އެ މާރާމާރީގައި އެކަކަށް ވަނީ އަނިޔާ ވެފައެވެ. ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މާލޭގައި ބިދޭސީންތަކެއްގެ ދެމެދުގައި މާރާމާރީ ހިނގާފައިވާއިރު، މިއަދު ހަވީރު ހުޅުމާލޭ ރެސްޓޯރެންޓެއްގައި ހިނގި ހަމަނުޖެހުމެއްގައި ވަނީ ބަންގްލަ...

ބަންގްލަދޭޝްގެ މީހާ މަރާލި މައްސަލާގައި ޕާކިސްތާން މީހަކު ހޯދަންފަށައިފި
Raajje

ބަންގްލަދޭޝްގެ މީހާ މަރާލި މައްސަލާގައި ޕާކިސްތާން މީހަކު ހޯދަންފަށައިފި

ހުޅުމާލޭ ރެސްޓޯރެންޓެއްގައި މިއަދު ހަމަލާދީ ބަންގްލަދޭޝް މީހަކު މަރާލި މައްސަލާގައި ޕާކިސްތާނު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. މި މައްސަލާގައި ތުހުމަތުގައި ފުލުހުންގެ ޚިދުމަތުން ހޯދަން ޢިއުލާން ކޮށްފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދު ކިޔާ މީހެކެވެ. ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ފިރިހެނަކަށް ވަޅިން ހަމަލަދީ މަރާލީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެ މީހާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރ...

ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހޯދަންފަށައިފި
Raajje

ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހޯދަންފަށައިފި

ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހޯދަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާކަމަށެވެ. އަދި އޭނާގެ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ...

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް، ރަސްމީކޮށް ހުޅުވައި ކިޔަވައިދޭން ފަށައިފި
Raajje

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް، ރަސްމީކޮށް ހުޅުވައި ކިޔަވައިދޭން ފަށައިފި

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ރަސްމީކޮށް ހުޅުވައި ކިޔަވައިދޭން ފަށައިފި އެވެ. ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ އެކޮލެޖުގައި ކިޔެވުން ފެށި ފުރަތަމަ ކޯހަކީ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭން ކޯސް ކަމަށެވެ. މި ކޯހުގެ ކިޔެވުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި މިއަދު ފަށާފައިވާއިރު، ކިޔެވުން ފަށާފައިވަނީ އެކޯހުގެ ދެވަނަ މޮޑިއުލް ކަމަށްވާ ކްރިމިނޮލޮޖީ މޮޑިއުލް ކަމަށެވެ. ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ ހަތަރު ވަނަ ބުރު […]

ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ވައިގެ މަގުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހައްޔަރުކުރި ދެ ބިދޭސީންނަކީ ޕާކިސްތާނަށް ނިސްބަތްވާ ދެ މީހުންކަމަށެވެ. އެ ދެ މީހުންނަކީ، އުމުރުން 32 އަހަރުގެ އަޙްމަދު ޢަލީ އަދި 20 އަހަރުގެ މޮއިމިނާ ޤުލްފާމް އެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް އާއި ޓޫރިސްޓް ޕޮލިސް ގުޅ...

"ފުލުހުންނަށް ލިބޭ ކޮންމެ މޮޅަކީ ޤައުމަށް ލިބޭ މޮޅެއް"
Raajje

"ފުލުހުންނަށް ލިބޭ ކޮންމެ މޮޅަކީ ޤައުމަށް ލިބޭ މޮޅެއް"

ދިވެހި ފުލުހުންނަށް ލިބޭ ކޮންމެ މޮޅުކަމަކާއި ކުރިއެރުމަކީ ގައުމަށް ލިބޭ މޮޅުކަމަކާއި ކުރިއެރުމެއްކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ސައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ގައުމީ މުއައްސަސާއެއް ކަމުގައެވެ. އަދި ފުލުހުންނަށް ގާއިމު ކޮށްދެވޭ ކޮންމެ ވަސީލަތަކާއި ލިއްބައިދޭ ކޮންމެ ހުނަރަކާއި ކޮންމެ ގާބިލު...

އިދިކޮޅުން އެއްވި ސަރަހައްދުން ފެނުނީ ފުލުހުންގެ ސިއްޙީ ޚިދުމަތްދޭބައިގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފެއް
Raajje

އިދިކޮޅުން އެއްވި ސަރަހައްދުން ފެނުނީ ފުލުހުންގެ ސިއްޙީ ޚިދުމަތްދޭބައިގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފެއް

އިއްޔެ ހަވީރު ވެރިރަށް މާލޭގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން  “ނޭވާ ހޮޅިއަށް” ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތް ބޭއްވި ސަރަހައްދުން ފުލުހުންނަށް އިރުޝާދު ދެމުންދިޔަ ކަމަށް ތުހުމަތުކުރެވުނު މިހާއަކީ ފުލުހުންގެ ސިއްޙީ ޚިދުމަތްދޭބައިގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފެއް ކަމަށް ފުލުހުން ބުނެފިއެވެ. އިއްޔެ އިދިކޮޅު އިހުތިޖާޖު ހިނގި ސަރަހައްދުގައި އިންޑިއާ މީހެއްކަމަށް ބެލެވޭ މީހަކު ފުލުހުންނަށް އިރުޝާދު ދީފައިވާކަމަށް ތުހުމަތުކޮށް މީސް މީޑިއާގައި ވަނީ މީހެއްގެ ފޮޓޯ ދައުރުވެފައެވެ. މިއަދު ފުލު...

ވަޅުލާފައި ހުއްޓާ ހޯދި މަސްތުވާތަކެތީގެ މައްސަލާގައި ތުހުމަތުވާ އިސް މީހާ ހައްޔަރުކޮށްފި
News

ވަޅުލާފައި ހުއްޓާ ހޯދި މަސްތުވާތަކެތީގެ މައްސަލާގައި ތުހުމަތުވާ އިސް މީހާ ހައްޔަރުކޮށްފި

މާލޭ ސިޓީގެ ގެއެއްގައި ވަޅުލާފައި ހުއްޓާ ރޭ ފުލުހުން ހޯދި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ތުހުމަތުވާ އިސް މީހާ ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޑްރަގް އެންފޯސްމެންޓް އެންޑް ނާކޮޓިކްސް އިންޓެލިޖެންސުން އިއްޔެއިން ފަށައިގެން މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި މާފަންނުގައި ހުރި ގެއެއްގެ ތަޅުންގަނޑު ދަށުގައި ވަޅުލާފައި ހުއްޓާ 42 ކިލޯގެ މަސްތުވާތަކެތި ރޭ ވަނީ އަތުލައިގެންފައެވެ. މި މައްސަލާގައި އެކަކު ހައްޔަރުކުރިއެވެ. ގެއެއްގައި ވަޅުލާފައި ހުރި 42 ކިލޯގެ މަސްތުވާތަކެތި ހޯދައިފި މިއަދު ކޮ...