ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު އއ. ގަައި އޮންނަ ރިސޯޓަކުން 3 މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ ރިސޯޓުން މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފައި ވަނީ ދިވެހި ތިން ފިރިހެނުން ކަމަށެވެ.

Ad
rt

މި މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އދ. މާމިގިލީގައި މަސައްކަތްކުރާ ފުލުހުންނާއި، ފެންފުށީގައި މަސައްކަތްކުރާ ފުލުހުންނާ އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި އަދު ހިންގި އޮަޕަރޭޝަނެއްގައެވެ.

"އދ. އަތޮޅުގެ ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާ އަދި 24 އަހަރުގެ މީހެކެވެ." ފުލުހުންގެ ޚިދުމަތުން ވިދާޅުވެފަވެއެވެ.

މި އޮޕަރޭޝަންގައި އެ ރިސޯޓު ބަނދަރުމަތިން އެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 90 ސެލޯފިންކޮޅާއި، ބަނގުރާ ފުޅިއަކާއި، ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މާމިގިިލީ ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ ތަހުގީގު ކުރައްވަމުންނެވެ.