Skip to main content
Topic Archive

#ކަނޑުމަތީގެ ހާދިސާތައް

164 Stories filed
ފަސް ކޮންޓޭނަރު މޫދަށް ވެއްޓުނު، އަދި ފެނުނީ ދެ ކޮންޓޭނަރު
Raajje

ފަސް ކޮންޓޭނަރު މޫދަށް ވެއްޓުނު، އަދި ފެނުނީ ދެ ކޮންޓޭނަރު

މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓުނު ހާދިސާގައި ޖުމްލަ ފަސް ކޮންޓޭނަރު ކަނޑަށް ވެއްޓުނުކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި ފަސް ކޮންޓޭނަރު ކަނޑަށް ވެއްޓި އޮޔާގޮސްފައިވާކަމަށާއި، މިހާތަނަށް ފެނުނީ ދެ ކޮންޓޭނަރު ކަމަށެވެ. އަދި ބާކީ ތިން ކޮންޓޭނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަކަމަށް ވެސް ބުންޏެވެ. މި ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ބެލެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ […]

އޮޕަރޭޝަނެއްގައި އުޅުނު އުލިގަމަށް ނިސްބަތްވާ ފުލުހަކު ނިޔާވެއްޖެ
Raajje

އޮޕަރޭޝަނެއްގައި އުޅުނު އުލިގަމަށް ނިސްބަތްވާ ފުލުހަކު ނިޔާވެއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވި ފުލުހަކު ނިޔާވެއްޖެއެވެ. 2026 ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ ސީނިއާ ސާޖަންޓް އަޙްމަދު އާސިފް އެވެ. އާސިފަކީ ހއ. އުލިގަމަށް ނިސްބަތްވާ ފުލުހެކެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 34 އަހަރެވެ. ފުލުހުން ބުނިގޮތުގައި “ޕޮލިސް ލޯންޗް 57” ގައި ޑިއުޓީގައި ތިބި ފުލުހުންގެ ތެރެއިން އޮފިސަރެއްކަމުގައިވާ އާސިފް ގެއްލިފައިވާކަން ސަމާލުކަމަށް އައުމާއެކު، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ވަގުތުން ފަށާފައެވެ. […]

މަހަށް ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ
Raajje

މަހަށް ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަނިކޮށް، މޫދު އަޑިން ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ގދ. ގައްދޫ، އޭޝިޔާ، އިސްޙާޤު ރަޝީދު (44އ) އެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 ޖޫން 7 ވަނަ ދުވަހުގެ ފަތިހު 05:40 އެހައިކަންހާއިރުއެވެ. އޭނާ ހޯދުމަށް ކުރި މަސައްކަތުން، އޭނާ ފެނިފައިވަނީ މޫދު އަޑީގައި އޮއްވައެވެ. ފުލުހުން ބުނީ […]

ލޯންޗެއް އެކްސިޑެންޓްވެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއްވެއްޖެ
Raajje

ލޯންޗެއް އެކްސިޑެންޓްވެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއްވެއްޖެ

ލޯންޗެއް އެކްސިޑެންޓްވެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއްވެ، ފަރުވާދޭން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ އެ ލޯންޗަކީ ދެ ފަޅުވެރިންނާއެކު ދަތުރުކުރި ލޯންޗެއް ކަމަށެވެ. ”ޓުއަރ ގާޑް” ނަމަކަށް މި ލޯންޗް އެކްސިޑެންޓްވެގެން ސިފައިން އެހީތެރިވަމުން އަންނައިރު ލޯންޗްގައި ތިބި ދެ ފަޅުވެރިންނަށް ވެސް ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އެމީހުން އައިޖީއެމްއެޗަށް ގެނެސް ފަރުވާދެމުންދާކަމަށް ވެސް ބުންޏެވެ. މި އެކްސިޑެންޓާއިގުޅޭ އިތުރު މައުލޫމާތު އެމްއެމްއެންޑީއެފުން އަދި ނު...

ލޯންޗަކަށް ދިޔަވެ އަޑިއަށް ދަނިކޮށް އޭގައި ތިބި މީހުން ސަލާމަތްކޮށްފި
Raajje

ލޯންޗަކަށް ދިޔަވެ އަޑިއަށް ދަނިކޮށް އޭގައި ތިބި މީހުން ސަލާމަތްކޮށްފި

ކޮންސްޓަންސް ހަލަވެލި ރިސޯޓް ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗަކަށް ދިޔަވެ އަޑިއަށްދަނިކޮށް، އޭގައި ތިބި މީހުން ރައްކާތެރިކަމާއެކު ސަލާމަތްކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2026 މެއި 30 ވަނަ ދުވަހުގެ ދަންވަރު 01:45 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. ފުލުހުން ބުނި ގޮތުގައި، މި ހާދިސާ ހިނގުމާ ގުޅިގެން ކޯންޗުގެ ވެރިފަރާތުން ވަނީ ވަގުތުން އެ ސަރަހައްދަށް އިތުރު ލޯންޗެއް ފޮނުވާފައެވެ. އަދި ދިޔަވަމުންދިޔަ ލޯންޗުގައި ތިބި 20 މީހުން ވަނީ އެހީތެރިކަމަށް ދިޔަ ލޯންޗަށް ރައްކާތެރިކަމާއެކު […]

''މަހުދީ ދޫކޮށްފައި އެދިޔައީ ހުރިހާ ނަމޫނާތަކަށްވުރެ ވަރުގަދަ ނަމޫނާއެއް''
Report

''މަހުދީ ދޫކޮށްފައި އެދިޔައީ ހުރިހާ ނަމޫނާތަކަށްވުރެ ވަރުގަދަ ނަމޫނާއެއް''

ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައިގެ ތެރޭ މަރުވި އިޓަލީގެ ޑައިވަރުން ހޯދުމަށް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަނަށްފަހު އެ އޮޕަރޭޝަންގައި ބައިވެރިވި ޑޭން ޔޫރަޕް އަށް ނިސްބަތްވާ ފިންލޭންޑުގެ ތިން މާހިރުން ކަމަށްވާ ސާމީ ޕާކަރިނެން، ޖެނީ ވެސްޓަރލަންޑް، އަދި ޕެޓްރިކް ގްރޮންކްވިސްޓް އަށް ތަޢުރީފްގެ ބަސްތައް އޮހޭތަން ދަނީ ފެންނަމުންނެވެ. ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަން ފެށުނީ ފިންލެންޑުގެ މާހިރުން ރާއްޖެ […]

އިޓަލީގެ ޑައިވަރުން މަރުވީ 'ވެލީގެ ފާރެއްގެ ކުށްހީ' އެއްގެ ސަބަބުންކަމަށް ބެލެވޭ: ޑައިވަރުން
International

އިޓަލީގެ ޑައިވަރުން މަރުވީ 'ވެލީގެ ފާރެއްގެ ކުށްހީ' އެއްގެ ސަބަބުންކަމަށް ބެލެވޭ: ޑައިވަރުން

ވ. އަތޮޅުގެ ތިންވަނަ ކަނޑު ހޮހަޅައަށް ވަދެ އުޅެނިކޮށް އިޓަލީގެ ފަސް ޑައިވަރުން މަރުވި ހާދިސާއަކީ ހޮހަޅައިގެ ތެރޭގައި އުފެދުނު “ވެލީގެ ފާރެއްގެ ކުށްހީ” އެއްގެ ސަބަބުން، ހޮހަޅައިން ނުކުންނަން އުޅުމުގެ ތެރޭގައި އޮޅިގެން އެހެން ދިމާލަކަށް ދެވުމުން ދިމާވި ހާދިސާއެއް ކަމަށް ފިންލޭންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމަކުން ބުނެފިއެވެ. މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި ހިމެނެނީ މަޝްހޫރު މެރިން ބަޔޮލޮޖިސްޓް މޮނިކާ މޮންޓެފަލްކޯން އާއި […]

ހުޅުމާލޭ ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ
Raajje

ހުޅުމާލޭ ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ހުޅުމާލޭ ފަޅުތެރެއަށް ވަލެއް އައްސަން މޫދަށް ފޭބި މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް އެމީހާ ނިޔާވެފައި އޮއްވަ ފެނިއްޖެއެވެ. ހުޅުމާލޭ ސްޓެލްކޯ ސަރަހައްދާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށްޓަކައި މޫދަށް ފޭބި ދިވެއްސެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 18:30 ގައެވެ. އެމްއެންޑީއެފުން ބުނިގޮތުގައި އެއީ ‏ހުޅުލޭ ސީ ޕްލޭންގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބޯޓަކުން މޫދަށް ފޭބި އެ ބޯޓުގެ ފަޅުވެރިއެކެވެ. އެމީހާ ގެއްލުނުކަމުގެ ރިޕޯޓް […]

މަހުދީ ނިޔާވި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ތަހްގީގްކުރަނީ
Raajje

މަހުދީ ނިޔާވި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ތަހްގީގްކުރަނީ

ވ. އަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ތަހްގީގްކުރަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ 16 މެއި 2026 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަންގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ގޮތް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. […]

ކަނޑުގެ ހޮހޮޅައިގެތެރެއިން ބާކީ ދެ ޑައިވަރުންގެ ހަށިގަނޑު ނަގައިފި
Raajje

ކަނޑުގެ ހޮހޮޅައިގެތެރެއިން ބާކީ ދެ ޑައިވަރުންގެ ހަށިގަނޑު ނަގައިފި

ވ. އަތޮޅުގެ އަލިމަތާ ކައިރި އަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން، ނުނެގި އޮތް ދެ މީހުންގެ ހަށިގަނޑު މިއަދު ނަގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހަވާލާދީ ރޮއިޓާސް އިން ބުނެފިއެވެ. މިއާއެކު މި ހާދިސާގައި މަރުވި އެންމެން ހޯދުމުގެ މަސައްކަތް މިވަނީ ނިމުމަކަށް އައިސްފައިކަމަށް އެ ނޫހުން ވަނީ ބުނެފައެވެ. މި ހާދިސާ ހިނގާފައިވަނީ ކަނޑުގެ ފުން ކޭވްއެއްގެ ތެރޭގައި ސޮފްޓް ކޮރަލް ނުވަތަ މަޑު މުރަކަ ދިރާސާ ކުރުމަށް […]

ކަނޑުއަޑީގެ ހޮހަޅައިގެ ތެރެއިން ދެ ފަތުރުވެރި ޑައިވަރުންގެ ހަށިގަނޑު ނަގައި މޯޗަރީއަށް
Raajje

ކަނޑުއަޑީގެ ހޮހަޅައިގެ ތެރެއިން ދެ ފަތުރުވެރި ޑައިވަރުންގެ ހަށިގަނޑު ނަގައި މޯޗަރީއަށް

ވ. އަތޮޅުގެ އަލިމަތާ ކައިރި އަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރި ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނަގައި، ގަލޮޅު މޯޗަރީއަށް ގެންގޮސްފިއެވެ. މެއި 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި ފަސް ފަތުރުވެރިން ގެއްލުނެވެ. އެއީ އިޓަލީއަށް ނިސްބަތްވާ  ޔުނިވަރސިޓީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ 20 އަހަރުގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލްގެ އިތުރުން މޫރިއަލް އޮޑެނީނޯ، ޖިއަންލޫކާ ބެނެޑެއްޓީ އަދި ފެޑެރިކޯ ގުއަލްޓިއޭރީއެވެ. އެއިގެ ތެރެއިން އެކަކުގެ ހަށިގަނޑު […]

ގެއްލުނު ފަތުރުވެރިން ހޯދުމުގައި ބައިވެރިވާ ބޭރުގެ ޑައިވަރުންނަކީ ތައިލެންޑުގައި 12 ކުދިން ސަލާމަތްކޮށްދިން ޓީމު
Raajje

ގެއްލުނު ފަތުރުވެރިން ހޯދުމުގައި ބައިވެރިވާ ބޭރުގެ ޑައިވަރުންނަކީ ތައިލެންޑުގައި 12 ކުދިން ސަލާމަތްކޮށްދިން ޓީމު

ވ. އަތޮޅުގެ “އަލިމަތާ ކޭވްސް” އަށް ފީނަން ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ފަތުރުވެރިންގެ ހަށިގަނޑުތައް ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަނުގައި ބައިވެރިވުމަށް، ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރު ފީނުންތެރިންގެ ޓީމެއް މިއަދު ރާއްޖެ އައިސް އެ ހަށިގަނޑުތައް ހޯދުމުގައި މިހާރު ކާމިޔާބު މަސައްކަތެއް ކޮށްފައިވާއިރު، އެ ޑައިވަރުންނަކީ 2018 ވަނަ އަހަރު ތައިލެންޑުގެ ތަމް ލުއަންގް ހޮހަޅައިގައި ތާށިވި 12 ކުޑަކުދިންނާއި އެކުދިންގެ ކޯޗު ސަލާމަތްކުރުމުގެ ބައިނަލްއަޤްވާމީ އޮޕަރޭޝަނުގައި ވެސް މުހިންމު ދައުރެއް އަދާކުރ...

ފަޅައިގެންދިޔައީ ނޭޝަނަލް ސަރވިސް ޓްރެއިނިން ކޯހުގެ ދަރިވަރުން ގޮވައިގެން ދަތުރުކުރި ލޯންޗެއް
News

ފަޅައިގެންދިޔައީ ނޭޝަނަލް ސަރވިސް ޓްރެއިނިން ކޯހުގެ ދަރިވަރުން ގޮވައިގެން ދަތުރުކުރި ލޯންޗެއް

މާލެ އަށް ދަތުރުކުރަނިކޮށް މިއަދު ފަޅައިގެން ދިޔަ ލޯންޗަކީ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ކޯސް-2 ގެ ދަރިވަރުން ގޮވައިގެން މާފިލާފުށިން މާލެއަށް ދަތުރުކުރި އެއް ލޯންޗެއްކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި ލޯންޗް ފަޅައިގެން ދިޔައީ ހުޅުމާލެއާ ހިސާބުގައި އޮއްވައެވެ. ލޯންޗް ފަޅައިގެން ގޮސް ދިޔަވެ އަޑިއަށް ދާތީ، އެލޯންޗުގައި ތިބި ކުދިން ކަނޑަށް ބޭލީކަމަށް އެމްއެންޑީއެފުން ބުންޏެވެ. ފަޅައިގެންގޮސް ދިޔަވި ލޯންޗުން ދަތުރުކުރި ހުރިހާ ދަރިވަރުން މިހާރު ވަނީ ސަލާމަތްތ...

ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެންގޮސް ދަތުރުކުރި މީހުން ކަނޑުވެއްޖެ
Raajje

ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެންގޮސް ދަތުރުކުރި މީހުން ކަނޑުވެއްޖެ

ލޯންޗެއް ފަޅައިގެންގޮސް، އޭގައި ތިބި މީހުން ކަނޑުވުމާ ގުޅިގެން މެރިން ޕޮލިހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގީ މާތިލަފުށިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ފަޅައިގެން ދިއުމާ ގުޅިގެންނެވެ. ހާދިސާގެ ރިޕޯޓު ލިބުމާއެކު، ކަނޑުވި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. “މީހުން ސަލާމަތްކުރުމަށް މެރިން ޕޮލިހުގެ ލޯންޗު އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުން” ފުލުހުން ބުންޏެވެ. ނަމަވެސް އެ...

ހޯދަމުން އަންނަ ފަތުރުވެރިންގެ ހަށިގަނޑު އެމީހުން ޑައިވް ކުރި ހޮހޮޅައިގެ ތެރެއިން ފެނިއްޖެ
Raajje

ހޯދަމުން އަންނަ ފަތުރުވެރިންގެ ހަށިގަނޑު އެމީހުން ޑައިވް ކުރި ހޮހޮޅައިގެ ތެރެއިން ފެނިއްޖެ

ވ. އަތޮޅު އަލިމަތާ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ނުފެނި ތިބި ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ. މި ފަތުރުވެރިން ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށެވެ. އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، ގެއްލުނު ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތުގެ އިތުރުން އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހާ...