ކޮންސްޓަންސް ހަލަވެލި ރިސޯޓް ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗަކަށް ދިޔަވެ އަޑިއަށްދަނިކޮށް، އޭގައި ތިބި މީހުން ރައްކާތެރިކަމާއެކު ސަލާމަތްކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2026 މެއި 30 ވަނަ ދުވަހުގެ ދަންވަރު 01:45 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

Ad
rt

ފުލުހުން ބުނި ގޮތުގައި، މި ހާދިސާ ހިނގުމާ ގުޅިގެން ކޯންޗުގެ ވެރިފަރާތުން ވަނީ ވަގުތުން އެ ސަރަހައްދަށް އިތުރު ލޯންޗެއް ފޮނުވާފައެވެ. އަދި ދިޔަވަމުންދިޔަ ލޯންޗުގައި ތިބި 20 މީހުން ވަނީ އެހީތެރިކަމަށް ދިޔަ ލޯންޗަށް ރައްކާތެރިކަމާއެކު ބަދަލުކޮށްފައެވެ.

އުޅަނދުގެ ވެރިފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، ލޯންޗުން ސަލާމަތްކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

މަައުލޫމާތު ލިބިފައިވާގޮތުގައި ލޯންޗަށް ދިޔަވާންފެށީ ފަރަކަށް އަރައި ފަޅައިގެން ގޮސްގެންނެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހްގީގް ކުރަމުންނެވެ.