ވ. އަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ތަހްގީގްކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ 16 މެއި 2026 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަންގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ގޮތް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

Ad
d

''މީހަކު ނިޔާވުމުގެ ކޮންމެ ހާދިސާއަކީ ވެސް ކަނޑައެޅިފައިވާ އިޖުރާއާތްތަކުގެ މަތިން ތަހުގީގު ކުރެވޭ ކަންކަން، އެގޮތުން، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ވެސް، މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން، ހާދިސާގެ މައުލޫމާތު ލިބުމާއެކު ވަނީ ބަލަން ފަށާފައި'' ފުލުހުން ބުންޏެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މަހުދީ ނިޔާވީ ގެއްލިފައިވާ ޑައިވަރުން ހޯދުމަށް މިއަދު ފީނަމުން ދަނިކޮށް ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ވ. އަތޮޅުގެ އަލިމަތާ ކައިރި އަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ހާދިސާ ހިނގި ދުވަހު ކަނޑުއަޑީގެ ހޮހޮޅައިގެ ތެރެއިން ނަގާފައިވާއިރު، ބާކީ ޑައިވަރުގެ ހަށިގަނޑު އަންގާރަ އާއި ބުދަ ދުވަހު ވަނީ ނަގާފައެވެ.

Ad
df

މަހުދީ ނިޔާވި ހާދިސާއަށްފަހު އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރު ފީނުންތެރިންގެ ޓީމެއްގެ އެހީތެރިކަމާއެކުގައެވެ. އެއީ ޑޭން ޔޫރަޕް އަށް ނިސްބަތްވާ ފިންލޭންޑުގެ ތިން މާހިރުން ކަމަށްވާ ސާމީ ޕާކަރިނެން، ޖެނީ ވެސްޓަރލަންޑް، އަދި ޕެޓްރިކް ގްރޮންކްވިސްޓް އަދި އިޓަލީގެ މާހިރުން ކަމަށްވާ ޖިސެއްޕޭ ޑިއަމާޓޯ އާއި ގްރެޓާ މާސެލީ އެވެ.