މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓުނު ހާދިސާގައި ޖުމްލަ ފަސް ކޮންޓޭނަރު ކަނޑަށް ވެއްޓުނުކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު ބުނިގޮތުގައި ފަސް ކޮންޓޭނަރު ކަނޑަށް ވެއްޓި އޮޔާގޮސްފައިވާކަމަށާއި، މިހާތަނަށް ފެނުނީ ދެ ކޮންޓޭނަރު ކަމަށެވެ. އަދި ބާކީ ތިން ކޮންޓޭނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަކަމަށް ވެސް ބުންޏެވެ.
މި ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ބެލެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުންކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ.
ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ
އެހެންވެ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން، ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ހާދިސާ ހިނގާފައި މިވަނީ ބާރު ވަޔާއެކު ރޭ ވަރުގަދަ ކޮޅި ގަނޑެއް އައި ވަގުތުއެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރެކެވެ. އެހެންވެ، މޫސުމާ ބެހޭ ގައުމީ އިދާރާއިން ރޭ އޮތީ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!