މާލެ އަށް ދަތުރުކުރަނިކޮށް މިއަދު ފަޅައިގެން ދިޔަ ލޯންޗަކީ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ކޯސް-2 ގެ ދަރިވަރުން ގޮވައިގެން މާފިލާފުށިން މާލެއަށް ދަތުރުކުރި އެއް ލޯންޗެއްކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މި ލޯންޗް ފަޅައިގެން ދިޔައީ ހުޅުމާލެއާ ހިސާބުގައި އޮއްވައެވެ. ލޯންޗް ފަޅައިގެން ގޮސް ދިޔަވެ އަޑިއަށް ދާތީ، އެލޯންޗުގައި ތިބި ކުދިން ކަނޑަށް ބޭލީކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ފަޅައިގެންގޮސް ދިޔަވި ލޯންޗުން ދަތުރުކުރި ހުރިހާ ދަރިވަރުން މިހާރު ވަނީ ސަލާމަތްތެރި ކަމާއެކު މާލެ ގެނެވިފައިކަމަށް އެމްއެމްޑީއެފުން ބުންޏެވެ.
ފުލުހުން ބުނީ މިހާދިސާގެ ރިޕޯޓް ލިބުނީ 18:04 ހާއިރުކަމަށެވެ. އަދި ވަގުތުން މެރިން ޕޮލިހުން އެތަނަށްގޮސް ކަނޑުވިކުދިން ސަލާމަތްކުރުމަށް މަސައްކަތްފެށި ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނިގޮތުގައި ފުލުހުން ވެސް ވަނީ ކަނޑުވި ބައެއްކުދިން ސަލާމަތްކޮށް މާލެ ގެނެސްދީފައެވެ.
މިހާދިސާ ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!