Skip to main content
Topic Archive

#ކަނޑުމަތީގެ ހާދިސާތައް

164 Stories filed
ސަޕްލައި ދޯންޏެއް ދިޔަވަމުންދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި
Raajje

ސަޕްލައި ދޯންޏެއް ދިޔަވަމުންދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި

ފުވައްމުލައް ސިޓީއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ސަޕްލައި ދޯންޏެއް ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން، އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. މި ހާދިސާގައި ދިޔަވަމުންދަނީ “ރާސްތާ” ނަމަކަށް ކިޔާ މުދާ އުފުލާ ސަޕްލައި ދޯންޏެކެވެ. ފުލުހުން ބުނީ މި ދޯނި ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ފުވައްމުލަކާ ގާތްގަނޑަކަށް 12 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިދާރާއާ ހިއްސ...

ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް، ދެ މީހަކަށް އަނިޔާވި ނަމަވެސް ސީރިއަސްއެއް ނޫން
Raajje

ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް، ދެ މީހަކަށް އަނިޔާވި ނަމަވެސް ސީރިއަސްއެއް ނޫން

ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން މިރޭ ބުނީ، ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ހަވީރު 16:50 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ […]

ރިސޯޓެއްގެ މޫދުން ހަބަރު ހުސްވެފައި އޮއްވާ ފެނުނު ދެ ފަތުރުވެރިން މަރުވެއްޖެ
Raajje

ރިސޯޓެއްގެ މޫދުން ހަބަރު ހުސްވެފައި އޮއްވާ ފެނުނު ދެ ފަތުރުވެރިން މަރުވެއްޖެ

ދ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ މޫދަށް އެރި އުޅެނިކޮށް ހަބަރު ހުސްވެފައި އޮއްވާ ފެނުނު ޗައިނާގެ ދެ ފަތުރުވެރިން މަރުވެއްޖެ އެވެ. ފުލުހުން މިއަދު ހަވީރު ބުނެފައިވަނީ، ދ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ހަބަރު ހުސްވެފައި މޫދުގައި އޮއްވާ ފެނިގެން، ދ. އަތޮޅު ހޮސްޕިޓަލަށް ގެންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މި ހާދިސާގެ ތަފްސީލު ހާމަކުރަމުން ފުލުހުން މިރޭ ބުނީ، އެ ދެ މީހުން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު […]

ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ
Raajje

ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ

ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން، އެ މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ 17 ސެޕްޓެމްބަރު 2026 ވީ ދުވަހުގެ ހެނދުނު 9:18 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ކަޒަކިސްތާނަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފިރިހެނެކެވެ. މި މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް...

ކާށިދޫ ކަނޑުގައި ދިޔަވަމުންދާ ސަޕްލައި ދޯންޏަކަށް ފުލުހުން އެހީތެރިވާން ފަށައިފި
Raajje

ކާށިދޫ ކަނޑުގައި ދިޔަވަމުންދާ ސަޕްލައި ދޯންޏަކަށް ފުލުހުން އެހީތެރިވާން ފަށައިފި

މާލެއިން ފުރައިގެން ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ކާށިދޫ ކަނޑަށް އަރިއަޅާލައި، ދިޔަވާތީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ “ސީލައިން 3” ނަމަކަށްކިޔާ ސަޕްލައި ދޯންޏެއްގައެވެ. މި ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސް، ދޯނި އަރިއަޅާލައި ދިޔަވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:57 އެހައިކަންހާއިރުއެވެ. މި ހާދިސާގ...

ކުއްލި ޚަބަރު: މާލޭ އުތުރު ފަރާތުން ނަގިލި ކަހާލި 2 ބޯޓު ސިނަމާލެ ބްރިޖުގައި ޖެހިއްޖެ
Raajje

ކުއްލި ޚަބަރު: މާލޭ އުތުރު ފަރާތުން ނަގިލި ކަހާލި 2 ބޯޓު ސިނަމާލެ ބްރިޖުގައި ޖެހިއްޖެ

މާލޭގެ އުތުރު ފަރާތުގައި އަޅާފައި އޮތް ދެ އާގު ބޯޓެއް ނަގިލި ކަހާލައިގެން އޮޔާގޮސް، ސިނަމާލެ ބްރިޖުގައި ޖެހިއްޖެއެވެ. މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ސީދާ ބްރިޖާ ދިމާއަށް އޮޔާދިޔަ މި ދެ ބޯޓުގެ ބައެއް ބްރިޖުގައި ޖެހި ވަނީ ގެއްލުންތަކެއް ވެފައެވެ. އެ ސަރަހައްދުގައި ހުރި މީހަކު މައުލޫމާތު ދިން ގޮތުގައި، މާލޭ ކަނޑުއޮޅި ކައިރިން އޮޔާދިޔަ މި ދެ ތެޔޮ ބޯޓު މިހާރު ވަނީ ބްރިޖު ދަށުން މާކަނޑާ ދިމާއަށް ގޮސްފައެވެ.   […]

އެކްސިޑެންޓް ވުމުން ފިލި ދޯނި މަހަކަށްވުރެ ގިނަ ދުވަސްވީފަހުން ފެނިއްޖެ
Raajje

އެކްސިޑެންޓް ވުމުން ފިލި ދޯނި މަހަކަށްވުރެ ގިނަ ދުވަސްވީފަހުން ފެނިއްޖެ

މާލޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު، މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި މަހަކަށްވުރެ ގިނަ ދުވަސް ފަހުން ހުޅުމާލެ ފަޅުތެރެއިން ފެނިއްޖެއެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ރޭ 21:10 ހާއިރު، އިއްޒުއްދީން ފާލަމާ ދިމާ ބޭރުން “ލީޖަން 1” ނަމަކަށް ކިޔާ ލޯންޗަކާއި އެ ދޯނި ޖެހިގެންނެވެ. އެކްސިޑެންޓް ހިނގުމަށްފަހު ދޯނި ވަނީ އެ ސަރަހައްދަށް […]

''ފްރެންޑް 4'' ދޯނި ހާދިސާގައި ގެއްލުނު މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް
Raajje

''ފްރެންޑް 4'' ދޯނި ހާދިސާގައި ގެއްލުނު މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް

އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ރޭގެ ދަންވަރު، ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން “ފްރެންޑް 4” ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން، ގެއްލުނު 3 މީހުން ހޯދުމަށްޓަކައި ކަނޑުމަގުންނާއި ވައިގެމަގުން މުޅި ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބަލައިފިއެވެ. މީގެއިތުރުން، އޮޔާ ހިނގައިދާނެ ކަމަށް ބަލައި ވަޔާއި އޮއިވަރުގެ މިސްރާބުން ހުވަދޫ ކަނޑާއި، ހައްދުންމައްޗާއި ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތައް ވެސް ވަނީ ބަލާފައެވެ. […]

''ފްރެންޑް 4'' ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ފުލުސް އޮފިސަރުގެ އާއިލާއާ، މިނިސްޓަރާއި ސީޕީ ބައްދަލުކުރައްވައިފި
Raajje

''ފްރެންޑް 4'' ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ފުލުސް އޮފިސަރުގެ އާއިލާއާ، މިނިސްޓަރާއި ސީޕީ ބައްދަލުކުރައްވައިފި

މުދާ އުފުލާ ސަޕްލައި ދޯނި “ފްރެންޑް 4” އަޑިއަށްދިޔަ ހިތާމަވެރި ހާދިސާގައި ގެއްލިފައިވާ ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ. މިނިސްޓަރު އިހްސާނާއި، ސީޕީ މުހައްމަދު އަހްމަދު ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާ ބައްދަލުކުރަށްވާފައި ވަނީ 12 އޯގަސްޓް 2026 ވަނަ ދުވަހު ސާޖަންޓް ނާފިޢުގެ އާއިލާ ދިރިއުޅޭ ގެއަށް ކުރެއްވި ޒިޔާރަތެއްގައެވެ. މި ބައްދަލުވުމުގައި […]

ގެއްލުނު މީހުން ހޯދަން 7482 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައިފި
Raajje

ގެއްލުނު މީހުން ހޯދަން 7482 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައިފި

ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި “ފްރެންޑް 4” ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް މިހާތަނަށް 7482 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. މި ހާދިސާގައި ގެއްލިފައިވަނީ ސިފައިންގެ މީހަކާއި، ފުލުހަކާއި އަދި އެ ދޯނީގެ ކައްޕިއެވެ. ހިލަ އާއި ހިލަވެލި ބަރުކޮށްގެން ޅ. އަތޮޅު ހަނޑަސް ކިޔާ ފަޅު ރަށަކަށް ދަތުރުކުރި މި ދޯނި އަޑިއަށް ދިޔައީ 5 އޯގަސްޓް 2026 ވީ […]

ދޯންޏެއް އަޑިއަށް ހިނގައްޖެ، ސިފައިންގެ މީހަކާއި ފުލުހަކާއި ކައްޕި ގެއްލިގެން ހޯދަނީ!
Raajje

ދޯންޏެއް އަޑިއަށް ހިނގައްޖެ، ސިފައިންގެ މީހަކާއި ފުލުހަކާއި ކައްޕި ގެއްލިގެން ހޯދަނީ!

ލ. އަތޮޅުން ފުރައިގެން ހުވަދުއަތޮޅަށް ދަތުރުކުރި “ފްރެންޑް 4” ސަޕްލައި ދޯނި އަޑިއަށް ގޮސް، އެ ދޯނީގެ ކައްޕީގެ އިތުރުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި އުޅުނު ސިފައިންގެ ބޭކަލަކާއި ފުލުހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. 8 މީހުންނާއެކު ދަތުރުކުރި މި ދޯނި އަޑިއަށް ދިޔައީ ރާޅު އަރައި ދިޔަވަމުންދާތީ ސިފައިންނާއި ފުލުހުން އެހީތެރިވަމުން ދަނިކޮށެވެ. ނަމަވެސް، ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން ހަތް މީހަކު މިހާރު ވަނީ ސަލާމަތްކުރެވިފައެވެ. އެމްއެންޑީއެފް އިން ބުނީ ގެއްލުނު ތިން މީހުން ހޯދުމުގެ […]

ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދުމަށް ދެހާހަށްވުރެ ބޮޑު ނޯޓިކަލް މޭލު ބަލައިފި
Raajje

ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދުމަށް ދެހާހަށްވުރެ ބޮޑު ނޯޓިކަލް މޭލު ބަލައިފި

މިދިޔަ ހުކުރު ދުވަހު ކ. ގާފަރު ކައިރިއަށް ކޮޅުވެއްޓިއެއް (ލޭންޑިންގ ކްރާފްޓް) ބަންޑުން ޖަހާލައި ފެތުނު ހާދިސާގައި ގެއްލުނު ދެ ބިދޭސީން ހޯދުމަށް، ކަނޑާއި ވައިގެ މަގުން 2,700 އަށްވުރެ ގިނަ އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ސިފައިން ބަލައިފިއެވެ. ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވި ގޮތުގައި، ގެއްލުނު މީހުން ހޯދުމަށް ހިންގާ ހާއްސަ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރުން އެމްއެންޑީއެފް އެއަރ ކޯއިން ދަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން މިހާތަނަށް ކަނޑާއި ވައިގެ […]

ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައި ދެ މީހަކު ގެއްލިއްޖެ
Raajje

ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައި ދެ މީހަކު ގެއްލިއްޖެ

ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ދިޔަވެ، ހިނގި ހާދިސާއެއްގައި އެ އުޅަނދުން ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 31 ޖުލައި 2026 ވަނަ ދުވަހުގެ ހެނދުނު 08:48 އެހައިކަންހާއިރުއެވެ. އުޅަނދު ދިޔަވެ އަޑިއަށްދާން ފެށީ ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާ ހިނގި ވަގުތު އެ ލޭންޑިންގ ކްރާފްޓުގައި ޖުމްލަ 10 މީހުން ތިއްބެވެ. […]

މާލެ ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
Raajje

މާލެ ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

މާލޭގެ އެއްވަރުގެ ޖެޓީ ނަންބަރު 1 އާ ދިމާލުން ކަނޑުމަތީގައި މިރޭ ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މެރިން ޕޮލިހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިރޭ 21:10 ހާއިރުއެވެ. މި އެކްސިޑެންޓް ހިނގުމާއެކު ފުލުހުންގެ މެރިން ޕޮލިސް ޔުނިޓުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގައި ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ އައިޖީއެމް […]

އަޑިއަށް ދިޔަ "ޖަޒީރާ" ބޯޓުން ދަތުރުކުރި އެންމެން ސަލާމަތްކޮށްފި
News

އަޑިއަށް ދިޔަ "ޖަޒީރާ" ބޯޓުން ދަތުރުކުރި އެންމެން ސަލާމަތްކޮށްފި

މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރަމުންދިޔަ “ޖަޒީރާ” ނަމަކަށް ކިޔާ ބޯޓެއް ވ. ފެލިދޫ ކައިރިއަށް އަޑިއަށްދަނިކޮށް، އޭގައި ތިބި އެންމެން ސަލާމަތްކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، ވ. ފެލިދޫ ހުޅަނގު ކަނޑަށް މި ބޯޓު އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 ޖުލައި 09 ވަނަ ދުވަހުގެ ހަވީރު 15:26 އެހާކަންހާއިރުއެވެ. ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބި ހުރިހާ މީހުން ވަނީ ލޯންޗަކަށް ނަގައި ސަލާމަތްކޮށްފައެވެ. މި ހާދިސާގައި ބޯޓުން […]