ލ. އަތޮޅުން ފުރައިގެން ހުވަދުއަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށް ގޮސް، އެ ދޯނީގެ ކައްޕީގެ އިތުރުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި އުޅުނު ސިފައިންގެ ބޭކަލަކާއި ފުލުހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

8 މީހުންނާއެކު ދަތުރުކުރި މި ދޯނި އަޑިއަށް ދިޔައީ ރާޅު އަރައި ދިޔަވަމުންދާތީ ސިފައިންނާއި ފުލުހުން އެހީތެރިވަމުން ދަނިކޮށެވެ. ނަމަވެސް، ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން ހަތް މީހަކު މިހާރު ވަނީ ސަލާމަތްކުރެވިފައެވެ.

Ad
d

އެމްއެންޑީއެފް އިން ބުނީ ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ހުއްޓުމެއްނެތި މިހާރު ކުރަމުންދާ ކަމަށެވެ.

Ad
df