މާލޭގެ އުތުރު ފަރާތުގައި އަޅާފައި އޮތް ދެ އާގު ބޯޓެއް ނަގިލި ކަހާލައިގެން އޮޔާގޮސް، ސިނަމާލެ ބްރިޖުގައި ޖެހިއްޖެއެވެ.
މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ސީދާ ބްރިޖާ ދިމާއަށް އޮޔާދިޔަ މި ދެ ބޯޓުގެ ބައެއް ބްރިޖުގައި ޖެހި ވަނީ ގެއްލުންތަކެއް ވެފައެވެ.
އެ ސަރަހައްދުގައި ހުރި މީހަކު މައުލޫމާތު ދިން ގޮތުގައި، މާލޭ ކަނޑުއޮޅި ކައިރިން އޮޔާދިޔަ މި ދެ ތެޔޮ ބޯޓު މިހާރު ވަނީ ބްރިޖު ދަށުން މާކަނޑާ ދިމާއަށް ގޮސްފައެވެ.
މިހާދިސާގައި ބުރިޖަށް ގެއްލުން ވެފައިވާކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ. އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވާ މަންޒަރުވެސް ފެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!