ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ރާއްޖޭން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން މިއަދު ނެރެފި އެވެ.
މި އަމުރު ކުރިމިނަލް ކޯޓުން ނެރުނީ ފުލުހުން އެދުމާ ގުޅިގެންނެވެ. ފުރުން މަނާކުރުމުގެ އަމުރު ކޯޓުން ނެރެދީފައިވަނީ ހަތް ދުވަހަށެވެ.
ފުލުހުން ބުނީ މިއަމުރަށް އެދިފައިވަނީ ޝަރީއަތުގައި ހުރި މައްސަލަތަކާ ގުޅިގެން ކަމަށެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރި މުއާމަލާތާއި ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، އެއިން ކޮންމެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ދައުވާއަކާ އެކު ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެއް ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.
މީގެ ދެ އަހަރު ކުރިން ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް މިއަދުވަނީ ބަތިލްކޮށްފަ އެވެ. ހުކުމް ނެރުމަށް ދަށު ކޯޓުން ހެކި ވަޒަންކުރި ގޮތާއި ކުށް ސާބިތުކުރި ގޮތް ގޯސް ކަމަށް ކަނޑައެޅުމަށްފަހު އެވެ. މަނީލޯންޑްރިންގެ ކުށް ޔާމީންގެ މައްޗަށް ސާބިތުނުވާ ކަމަށް ނިންމި އެވެ.
މިހުކުމް ކުރީ ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!