ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދު ޤައްޔޫމް ކަފާލާތުގެ ދަށުން ދޫކުރެވެން ނެތްކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.

ޔާމީންގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ އިސްތިއުނާފީ މައްސަލައިގެ ތެރެއިން ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކޮށްދިނުމަށް އެދިއެވެ. ނަމަވެސް ކަފާލާތަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ބަންދުން ދޫކޮށްލުމަށް ކޯޓުތަކަށް ދީފައިވާ އިހްތިޔާރެއް ކަމަށާއި، އެކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް ބަޔާން ކޮށްފައިވާ ކަމަށް ސްޕްރީމް ކޯޓުން މިއަދު އިއްވި އަމުރުވެއެވެ.

Ad
rt

މީގެއިތުރުން އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް ވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓުގައި އެދިފަވެއެވެ.

ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމާއި ގުޅޭގޮތުން ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔުގައި ވިދާޅުވެފައިވަނީ ކޯޓަށް ލިބިފައިވަނީ އިހުރިޔާރުތަކުގެ ތެރޭގައި ކަފާލާތުން މީހަކު ދޫކޮށްލުމުގެ އިހުތިޔާރު ލިބިފައިވަނީ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށް ނުވަތަ ބަންދުގައި ހުރި މީހެއްކަމަށެވެ. "އަދި ޤާނޫން އަސާސީގެ މި ނޫން އެހެން މާއްދާއެއްގައި ނުވަތަ ދިވެހިރާއްޖޭގައި އަމަލުކުރާ އެހެން ޤާނޫނެއްގައިވެސް ޝަރީއަތުން ހުކުމެއް ކުރުމުގެ ފަހުން އެ ހުކުމް ތަންފީޒުކުރާ މީހަކު ކަފާލާތުން ދޫކުރާ އުސޫލެއް ބަޔާންވެފައިނުވޭ" ފަނޑިޔާރު މަހާޒު ވިދާޅުވެފައިވެއެވެ.

ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިފައިވާއިރު ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށްދެވެން ނެތް ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ޖޫރިމަނާ ފައިސާ ދެއްކުމުގެ ހުކުމް ތަންފީޒުކުރުން ވަނީ ފަސްކޮށްދީފައެވެ.