ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ބުނެ އިދިކޮޅުން އެކަމުގެ ޝަކުވާތައް އދ. އަށް ހުށަހަޅައިފިއެވެ.

އދ. ޕީސް އެންޑް ޑިވެލޮޕްމަންޓް އެޑްވައިޒަރެއްގެ ގޮތުން ރާއްޖޭގައި މަސައްކަތް ކުރައްވާ ފާޑިނާންޑް ވޮން ހެބްސްބާގް އާ އެކު މިއަދު ޕީޕީ އެމް އޮފީހުގައި ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

Ad
mooomoo 1

އެ ޕާޓީން ބުނީ މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ ކަންކަމާ ގުޅިގެން އިދިކޮޅުގެ ހިޔާލާއި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ.

ވަކިން ހާއްސަކޮށް، ރައީސް ޔާމީންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމުގެ ޝަކުވާތައް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.

މި ބައްދަލުވުމަކީ ޕީސް އެޑްވައިޒަރ މަހުން މަހަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއް އަދި މުހިންމު އެހެން ދާއިރާތަކުގެ ސްޓޭކްހޯލްޑަރުންނާ ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ.

Ad
df

ރައީސް ޔާމީންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމުގެ ޝަކުވާ އިދިކޮޅުން ހުށަހަޅާފައިވާއިރު، ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައެވެ. އަދި އެމަނިކުފާނު ގޭބަންދުގެ އެއްބަސްވުމާ ހިލާފުވި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.