ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
"އިންސާފު ހޯދަން" ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ގޭ ބަންދުގައި ހުންނެވި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްވަނީ ގޭގައި ހުންނަވައިގެން ބައިވެރިވެވަޑައިގެންފަ އެވެ.
ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލަ ބަލާ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
"އިންސާފު ހޯދަން" މި ނަމުގައި މިއަދު ހަވީރު މުޅި ރާއްޖޭގައި އިދިކޮޅުން އިހުތިޖާޖު ކުރި އިރު، މާލޭގެ އެއްވުން ފަށާފައިވަނީ ޕީޕީއެމް/ޕީއެންސީގެ އޮފީސް ދޮރުމަތިންނެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް. އެހެންކަމުން މި މައްސަލަ ބަލާ، ފިޔަވަޅު އަޅާނަން.
— Ahmed Mohamed (@ahumadhumohamed) September 10, 2021
ރައީސް ޔާމީންގެ ގެކޮޅު ހ. ދޫވެހިގެ ކައިރިއަށް އެއްވެ، މުޒާހަރާގެ ބައިވެރިންވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާފަ އެވެ.

އެއާ އެކު ރައީސް ޔާމީން ވަނީ ކުޑަދޮރުން ބޭރަށް ބޯދިއްކުރައްވައި ޕީޕިއެމްގެ ދިދައަކާއި ގައުމީ ދިދައެއް ސަޕޯޓަރުންނަށް ވިހުރުއްވިއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި 5 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމިން ގޭބަންދަށް ބަދަލުކުރީ، މާފުށީ ޖަލުގައި ކޮވިޑު ފެތުރޭތީ މިދިޔަ ރޯދަމަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!