ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަކީ އަބަދުވެސް ޤައުމީ ޓީމަށް ހިތްވަރު ދެއްވާ ފުޓުބޯޅައަށް ލޯބިކުރައްވާ ލީޑަރެއް ކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް ސެކިއުރިޓީގައި ބޮޑުތަކުރުފާނު މަގުން ގައުމީ ޓީމުގެ ބަހުގައި މިއަދު ދިޔަ ވަގުތު ރައީސް ޔާމީން ވަނީ، އެމަނިކުފާނުގެ ގެކޮޅުގެ ކުޑަދޮރުން ބޯދިއްކުރައްވައިގެން ހުންނަވާ ޓީމަށް ހިތްވަރު ދެއްވައިފައެވެ. ރައީސް ޔާމީން ކުޅުންތެރިންނަށް ހިތްވަރު ދެއްވީ ޓީމު ޕްރެކްޓިސްއަށް ދިޔަ ވަގުތުއެވެ.
އެ މަންޒަރު ފެންނަ ކުރު ވީޑިއޯ ޓްވީޓް ކުރައްވަމުން ބާރަށު ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރެއްވި ޝުޖާއު ވިދާޅުވީ، ރައީސް ޔާމީނަކީ އަބަދުވެސް ޤައުމު ދެކެ ލޯބިވާ ލީޑަރެއް ކަމަށެވެ.
"ރައީސް ޔާމީން އިސްކުރައްވާނީ އެންމެ ފުރަތަމަ ޤައުމު. ރައީސް ޔާމިނަކީ ޤައުމީ ޓީމަށް އަބަދުވެސް ހިތްވަރު ދެއްވާ ފުޓުބޯޅަ އަށް ލޯބިކުރައްވާ ލީޑަރެއް. ނުހައްޤު އަނިޔާ ތަހައްމަލް ކުރައްވަމުންވެސް ޓީމަށްދެއްވި ހިތްވަރަށް ޝުކުރިއްޔާ." ށުޖާޢު ވިދާޅުވެފަވެއެވެ.
ރައީސް ޔާމީނަކީ އަބަދުވެސް ޤައުމު ދެކެ ލޯބިވާ ލީޑަރެއް.ރައީސް ޔާމީން އިސްކުރައްވާނީ އެންމެ ފުރަތަމަ ޤައުމު.ރައީސް ޔާމިނަކީ ޤައުމީ ޓީމަށް އަބަދުވެސް ހިތްވަރު ދެއްވާ ފުޓުބޯޅަ އަށް ލޯބިކުރައްވާ ލީޑަރެއް.ނުހައްޤު އަނިޔާ ތަހައްމަލް ކުރައްވަމުންވެސް ޓީމަށްދެއްވި ހިތްވަރަށް ޝުކުރިއްޔާ. pic.twitter.com/ZzBy2YaAwH
— Ibrahim Shujau (@IbrahimShujaau) October 12, 2021
އިދިކޮޅު ލީޑަރު، ރައީސް ޔާމީން ގައުމީޓީމަށް ހިތްވަރުދެއްވިއިރު، އޫރިދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭއިން ނުކުންނާނީ ސަރަހައްދީ ބާރު އިންޑިއާއި ދެކޮޅަށެވެ.
މެޗް އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދިޔުމުގެ ފުރުސަތު ފަހިވެފައިވާ މި މެޗް ކުޅޭނީ މާދަމާރޭ 9 ޖަހާއިރުއެވެ. ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!