ކުރިނބީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް އަޅަން އެމްޓީސީސީއަށް، ސްކޫލްގެ މަލްޓި ޕާޕަސް ހޯލު އަޅަން އެފްޑީސީއަށް
ހދ. ކުރިނބީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ކުރިނބީ ސްކޫލްގެ މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކުރިނބީ އަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. […]