ނޮޅިވަރަންފަރުގައި އަޅާފައިވާ 100 ހައުސިން ޔުނިޓު ރަސްމީކޮށް ހަވާލުކޮށްފި
ހދ. ނޮޅިވަރަންފަރުގައި ތަރައްޤީކޮށްފައިވާ 100 ހައުސިން ޔުނިޓު، އެރަށު ކައުންސިލާ ރަސްމީކޮށް ރޭ ހަވާލުކޮށްފިއެވެ. މި ހައުސިން ޔުނިޓްތައް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަންފަރަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. މި ހައުސިން ޔުނިޓްތައް ރަސްމީކޮށް ހަވާލުކުރުމުގެ ލިޔުން ނޮޅިވަރަންފަރު ކައުންސިލާ ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ރޭގ...