ހދ. ނޭކުރެންދޫ ޞިއްޙީ މަރުކަޒު އެކްސްޓެންޝަން އިމާރާތުގެ ބިންގާ އިއްޔެ އަޅައިފިއެވެ.

މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ނޭކުރެންދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

Ad
rt

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

ނޭކުރެންދޫ ސިއްޙީ މަރުކަޒު އެކްސްޓެންޝަން އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމްއެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

ނޭކުރެންދޫ އަކީ ރައީސްގެ ހދ. ދަތުރުފުޅުގައި ވަޑައިގެންނެވި 10 ވަނަ މަންޒިިލެވެ. އަދި އިއްޔެގެ ހަތަރު ވަނަ މަންޒިލެވެ.