ހދ. ނޮޅިވަރަންފަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއް މިއަދު ހުޅުވައިފިއެވެ.

ނޮޅިވަރަންފަރުގައި ހުޅުވާފައިވަނީ ބީއެމްއެލް އިސްލާމިކް ބާރާންޗެކެވެ.

Ad
mooomoo 1

ނޮޅިވަފަންފަރު ބީއެމްއެލް ބްރާންޗްގެ ހުޅުވުމުގެ އިތުރުން އެރަށުގައި މިއަދު ވަނީ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ވެސް ފަށާފައެވެ.

މި ޚިދުމަތްތައް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަންފަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން މިއަދު ހެނދުނުއެވެ.

ނޮޅިވަރަންފަރުގައި ބީއެމްއެލް އިން ހުޅުވި ބްރާންޗް، ފޮޓޯ: ރައީސް އޮފީސް

އެރަށުގައި މިޚިދުމަތްތައް ރަސްމީކޮށް ފަށްޓައި ދެއްވީ ވެސް ރައީސް މުޢިއްޒެވެ. މިޚިދުމަތް ފަށްޓަވާދެއްވުމަށްފަހު އެމަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.

ނޮޅިވަރަންފަރުގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެއެވެ.

Ad
df

މި ބްރާންޗު މެދުވެރިކޮށް ބޭންކިންގ ހުރިހާ ޚިދުމަތެއްވެސް ލިބިގެންދާނެކަމަށް ބީއެމްއެލުން ބުނެއެވެ.