މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ކުޅުދުއްފުށީގައި 2000 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާއި ހަވާލުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީގައި 2000 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާއި ހަވާލުކޮށްފި

ކުޅުދުއްފުށީ ސިޓީގައި 2000 ހައުސިންގ ޔުނިޓު އެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލުކޮށްފިއެވެ. އެގޮތުން ރޭ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހުއްޓިފައި ހުރި 400 ހައުސިންގ ޔުނިޓުގެ މަސައްކަތާއި އަލަށް ކުޅުދުއްފުށީގައި ތަރައްޤީކުރާ 2000 ހައުސިންގ ޔުނިޓުގެ މަސައްކަތްވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާއި ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ...

ޕްލޭނެއްގެ ދަށުން އަންނަ ނޮވެމްބަރު މަހު ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލެވޭނެ: ރައީސް
Thiladhunmathi News

ޕްލޭނެއްގެ ދަށުން އަންނަ ނޮވެމްބަރު މަހު ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލެވޭނެ: ރައީސް

ކަނޑައަޅާފައިވާ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން އަންނަ ނޮވެމްބަރު މަހު، ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހދ. އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިޓީގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. ކުޅުދުއްފުށީގައި މީގެ ކުރިން ކަށިމިޔަރުގެ މަސްވެރިކަމުން ބޮޑު އާމްދަނީއެއް ހޯދަމުންދިޔަކަން ފާހަގަކުރައްވ...

އެއާޕޯޓް ވެގެންދާނީ މަކުނުދޫގެ އިޤްތިސާދު އެހެން ހަރުފަތަކަށް ގެންދިއުމަށް ހުޅުވޭ ދޮރާއްޓަކަށް: ރައީސް
Thiladhunmathi News

އެއާޕޯޓް ވެގެންދާނީ މަކުނުދޫގެ އިޤްތިސާދު އެހެން ހަރުފަތަކަށް ގެންދިއުމަށް ހުޅުވޭ ދޮރާއްޓަކަށް: ރައީސް

މަކުނުދޫ އެއާޕޯޓް ވެގެންދާނީ ރަށުގެ އިޤްތިސާދީ ކުރިއެރުން އެހެން ހަރުފަތަކަށް ގެންދިއުމަށް ހުޅުވޭ މުހިންމު ދޮރާއްޓަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު މަކުނުދޫ އަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގަައި ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ދަށުން މަކުނުދޫގައި އެއާޕ...

މަކުނުދޫ ބިންހިއްކުމާއި އެއަރޕޯޓް ތަރައްގީކުރަން އެމްޓީސީސީއަށް، މަގުތައް ހަދަން އާރުޑީސީ އަށް
Thiladhunmathi News

މަކުނުދޫ ބިންހިއްކުމާއި އެއަރޕޯޓް ތަރައްގީކުރަން އެމްޓީސީސީއަށް، މަގުތައް ހަދަން އާރުޑީސީ އަށް

ހދ. މަކުނުދޫ ބިންހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް އަދި އެރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަބް އާރުޑީސީ އާއި މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މަކުނޫދޫ އަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތް ކުރުމާއި ބެހޭ ވުޒާރާގެ ސްޓޭޓް މ...

މަކުނުދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތާއި ފިޓްނަސް ސެންޓަރާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި
Thiladhunmathi News

މަކުނުދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތާއި ފިޓްނަސް ސެންޓަރާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ހދ. މަކުނުދޫގެ ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އަދި ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މިއަދު މަކުނުދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ. މަކުނުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ސިއްޙީ ވަޒީރު އަބްދުﷲ ނާޘިމް އިބްރާހިމެވެ. މަކުނުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފ...

ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފި
Thiladhunmathi News

ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ހދ. ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަންފަރަށް ކުރެއްވި ޒިޔާރަތުގައި މިއަދު ހެނދުނުއެވެ. ރަސްމިއްޔާތުތަކުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ނޮޅިވަރަންފަރުގައި އަޅާ ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު...

ނޮޅިވަރަންފަރުގައި ބީއެމްއެލް އިސްލާމިކް ބްރާންޗެއް
Raajje

ނޮޅިވަރަންފަރުގައި ބީއެމްއެލް އިސްލާމިކް ބްރާންޗެއް

ހދ. ނޮޅިވަރަންފަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއް މިއަދު ހުޅުވައިފިއެވެ. ނޮޅިވަރަންފަރުގައި ހުޅުވާފައިވަނީ ބީއެމްއެލް އިސްލާމިކް ބާރާންޗެކެވެ. ނޮޅިވަފަންފަރު ބީއެމްއެލް ބްރާންޗްގެ ހުޅުވުމުގެ އިތުރުން އެރަށުގައި މިއަދު ވަނީ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ވެސް ފަށާފައެވެ. މި ޚިދުމަތްތައް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަންފަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން މިއަދު ހެނދުނު...

ނޮޅިވަރަންފަރުގެ ތަރައްޤީއަށްޓަކައި މިފަށަނީ ވަރަށް މުހިންމު ޞަފުޙާއެއް: ރައީސް
Thiladhunmathi News

ނޮޅިވަރަންފަރުގެ ތަރައްޤީއަށްޓަކައި މިފަށަނީ ވަރަށް މުހިންމު ޞަފުޙާއެއް: ރައީސް

ހދ. ނޮޅިވަރަންފަރުގެ ތަރައްޤީއަށްޓަކައި މިއަދު މި ފައްޓަވަނީ ވަރަށް މުހިންމު ޞަފުޙާއެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަންފަރަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ނޮޅިވަރަންފަރުގެ ތަރައްޤީއަށްޓަކައި މި ފައްޓަވަނީ ވަރަށް މުހިންމު ޞަފުޙާއެއް ކަމަށާއި، ރަށުގެ ތަރައް...

ދިގު އިންތިޒާރެއްގެ ނިމުން، ނޮޅިވަރަންފަރު ޓޫރިޒަމް ބިން ކައުންސިލާއި ހަވާލުކޮށްފި
Thiladhunmathi News

ދިގު އިންތިޒާރެއްގެ ނިމުން، ނޮޅިވަރަންފަރު ޓޫރިޒަމް ބިން ކައުންސިލާއި ހަވާލުކޮށްފި

ހދ. ނޮޅިވަރަންފަރުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅުއްވާފައިވާ ބިން އެރަށު ކައުންސިލާއި ރޭ ހަވާލުކޮށްފިއެވެ. މި ބިމުން ނަފާވެރިކަން ނުލިބި އެތައް އަހަރެއް ވޭތުވެގެންދާތީ، އެ ބިމުގެ މައްސަލަ ހައްލުކޮށް ރައްޔިތުންނަށް ބިން ހޯދައިދިނުމަކީ އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ވަކާލާތުކުރަމުން އައި ކަމެކެވެ. މި ބިން ނޮޅިވަރަންފަރު ކައުންސިލާއި ހަވާލުކޮށްފައި ވަނީ  ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލްގެ ގިތުގައި ރޭ ނޮޅިވަންފަރަށް ކުރެ...

ނޮޅިވަރަންފަރުގައި އަޅާފައިވާ 100 ހައުސިން ޔުނިޓު ރަސްމީކޮށް ހަވާލުކޮށްފި
Thiladhunmathi News

ނޮޅިވަރަންފަރުގައި އަޅާފައިވާ 100 ހައުސިން ޔުނިޓު ރަސްމީކޮށް ހަވާލުކޮށްފި

ހދ. ނޮޅިވަރަންފަރުގައި ތަރައްޤީކޮށްފައިވާ 100 ހައުސިން ޔުނިޓު، އެރަށު ކައުންސިލާ ރަސްމީކޮށް ރޭ ހަވާލުކޮށްފިއެވެ. މި ހައުސިން ޔުނިޓްތައް ހަވާލުކޮށްފައި ވަނީ  ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަންފަރަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. މި ހައުސިން ޔުނިޓްތައް ރަސްމީކޮށް ހަވާލުކުރުމުގެ ލިޔުން ނޮޅިވަރަންފަރު ކައުންސިލާ ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ރޭގ...

ނޮޅިވަރަންފަރު ސިއްޙީ މަރުކަޒުގެ އައު އިމާރާތާއި ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި އުމްރާނީ ވަސީލަތް ތަރައްޤީކުރަން ހަވާލުކޮށްފި
Thiladhunmathi News

ނޮޅިވަރަންފަރު ސިއްޙީ މަރުކަޒުގެ އައު އިމާރާތާއި ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި އުމްރާނީ ވަސީލަތް ތަރައްޤީކުރަން ހަވާލުކޮށްފި

ހދ. ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި އުމްރާނީ ވަސީލަތް ތަރައްގީކުރަން ރޭ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަންފަރަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. މި ރަސްމިއްޔާތުތަކުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ނޮޅިވަރަންފަރުގެ ސިއްޙީ މަރުކަޒު...

ނޮޅިވަރަމް ފުޓުބޯޅަ ދަނޑު ފީފާ ސްޓޭންޑަޑަށް އަޕްގްރޭޑްކޮށްދޭނަން: ރައީސް
Thiladhunmathi News

ނޮޅިވަރަމް ފުޓުބޯޅަ ދަނޑު ފީފާ ސްޓޭންޑަޑަށް އަޕްގްރޭޑްކޮށްދޭނަން: ރައީސް

ހދ. ނޮޅިވަރަމް ފުޓުބޯޅަ ދަނޑު ފީފާ ސްޓޭންޑަޑަށް އަޕްގްރޭޑްކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ނޮޅިވަރަމްގެ ތަރައްޤީއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން، ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިންވެސް،...

ނޮޅިވަރަމުގައި ހޮސްޕިޓަލެއް ތަރައްޤީކުރެއްވުމުގެ މަސައްކަތް މި އަހަރު ފަށަނީ
Thiladhunmathi News

ނޮޅިވަރަމުގައި ހޮސްޕިޓަލެއް ތަރައްޤީކުރެއްވުމުގެ މަސައްކަތް މި އަހަރު ފަށަނީ

ހދ. ނޮޅިވަރަމުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރެއްވުމުގެ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ނޮޅިވަރަމަކީ އާބާދީ ބޮޑު، ބިންބޮޑު ރަށެއް ކަމުގައިވާތީ، އެ ރަށުގައި ހ...

ނޮޅިވަރަމު ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފި
Thiladhunmathi News

ނޮޅިވަރަމު ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ހދ. ނޮޅިވަރަމުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ ރޭ އަޅައިފިއެވެ. މި ރަސްމިއްޔާތުތައް ބާއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައެވެ. މި ރަސްމިއްޔާތުތަކުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ނޮޅިވަރަމުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުނޮޅިވަރަމުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވ...

ނޮޅިވަރަމުގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކާ ފިހާރައެއް
Thiladhunmathi News

ނޮޅިވަރަމުގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކާ ފިހާރައެއް

ހދ. ނޮޅިވަރަމުގެ ދަނޑުވެރިންނަށް ބޭނުންވާ ދަނޑުވެރިކަމުގެ ސާމާނު ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ގޮތުން، އެރަށުގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކާ ފިހާރައެއް ގާއިމު ކުރުމަށްޓަކައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ނޮޅިވަރަމް ކައުންސިލްގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭ...