ކުމުންދޫ ރައްޔިތުން އެދޭ ލޮކޭޝަންގައި އައު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ދެ މަސް ތެރޭ ފަށަނީ
ހދ. ކުމުންދޫ ރައްޔިތުން އެދޭ ލޮކޭޝަންގައި އައު ބަނދަރެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް، ގިނަވެގެން ދެ މަސް ތެރޭގައި ފައްޓަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ހދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ މެންދުރު ކުމުންދޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި ބޭއްވެވި ޖަލްސާއެއްގައެވެ. ރައީސް މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރެއްވި ރަސްމީ ދަތުރުފުޅުގ...