ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް
ރާއްޖެއަށް ލިބޭ ހުރިހާ ރަސްމީ ހައްޖު ކޯޓާއެއް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދިނުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސްގެ މި ނިންމެވުން ހާމަކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަހީބު އެވެ. އިސް ތަރުޖަމާނުގެ މި ނޫސްވެރިންގެ ބައްދަލުވުމަކީ، މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމެވި ކަންތައްތަކާއިގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވެވި ބައްދަލު...