ރައީސް ޑރ. މުހައްމަދު މުޢިއްޒު ސްޓޭޓް މިނިސްޓަރުންގެ މަގާމަށް އިތުރު 13 ބޭފުޅަކު މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

މިއަދު ޢައްޔަނުކުރެއްވި ސްޓޭޓް މިނިސްޓަރުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ރައީސް އޮފީހުގައެވެ.

Ad
rt

މިގޮތުން، ރައީސް މިއަދު ޢައްޔަނުކުރެއްވި ސްޓޭޓް މިނިސްޓަރުންނަކީ،

  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް - ޝެރީނާ ޢަބްދުއްޞަމަދު، ސ. މަރަދޫ، ސަނީޑޭލް.
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް - ޒިދުނާ އިބްރާހީމް، ސ. ހުޅުދޫ، ޖަމްނާ.
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން - ޢާއިޝަތު ޞަފޫރާ، ސ. ފޭދޫ، އީރާނުގެ.
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް - މުޙައްމަދު ޛަހީން، ހއ. ކެލާ، އުފަންވެލި.
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް - އާމިނަތު ޝިރުނާ، މއ. ދަޑިކޮށީއިރުމަތީގެ.
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް - އަލްއުސްތާޛު އަޙްމަދު ނާޒިމް މުޙައްމަދު، ގއ. ދެއްވަދޫ، ނާރެސް.
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް - އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން، މ. ޕެޓީބާރޑް.
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - މަރްޔަމް ޢަޛުރާ އަޙްމަދު، މ. ހުކުރަދިގެ.
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - އަޙްމަދު ޢާޠިފް، އއ. ފެރިދޫ، ޝަބްނަމްގެ.
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - ޢާއިޝަތު ޒުހުރުބާނު، ލ. ފޮނަދޫ، ހުރާ.
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ - އިބްރާހީމް މިމްރާޙް، ރ. އިންނަމާދޫ، ސީތާ.
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - ޢަބްދުއްލަޠީފް އަޙްމަދު ، ދަފްތަރު. ނަންބަރު ރސ 2345.
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް - މުޙައްމަދު މާހިރު، ގ. ގާކޮށި ފްލެޓް ބީ110

ރައީސް މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ވަނީ ސްޓޭޓް މިނިސްޓަރުން ޢައްޔަނު ކުރައްވާފައެވެ. މިގޮތުން 21 ނޮވެމްބަރު 2023 ގައި 25 ސްޓޭޓް މިނިސްޓަރަކު ޢައްޔަނު ކުރައްވާފައިވާއިރު، ޖެހިގެން އައި 22 ނޮވެމްބަރުގައި 11 ސްޓޭޓް މިނިސްޓަރަކު ވަނީ ޢައްޔަނު ކުރައްވާފައެވެ. އެހެންކަމުން ރައީސް މުޢިއްޒު މިހާތަނަށް ވަނީ 49 ސްޓޭޓް މިނިސްޓަރަކު ޢައްޔަނު ކުރައްވާފައެވެ.

މީގެ އިތުރުން ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އިތުރު ބޭފުޅުން ޢައްޔަނު ކުރައްވާފަވެއެވެ.

މީގެ އިތުރުން ރައީސް މިއަދު ވަނީ ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމުގެ މަގާމަށް މުޙައްމަދު ޝަހީބު އައްޔަނު ކުރައްވާފައެވެ.